ޖަލްސާ ފެށިގެން ކުރިއަށް ދަނީއެވެ.
ފަހަރަކު މީހަކު ވާހަކަ ދައްކަނީއެވެ.
އެންމެންވެސް ދައްކަނީ ގައުމު ކުރިއަށް ގެންދާ ވާހަކައެވެ.
އަޅަން ޖެހޭ އިސްލާހީ ފިޔަވަޅުތަކުގެ ވާހަކައެވެ.
މާޖިދު އަހަރެންގެ ގައިގައި ކޮއްޓައިލައިފައި ބުންޏެވެ.
ހައްތަހާވެސް ވާހަކައެވެ.
ކަންތައް ކުރާނޭ މޮޅު ގޮތްގޮތުގެ ބައިސާކެނޑުމެވެ.
ޢަމަލެއް ނެތެވެ.
އަމުނާ ފަތިވަރަކުން ވާނޭ ކަމެއް ނޯންނާނެއެވެ.
އެއް ދުވަހަކު އަހަރެމެންގެ ރަށު މީހުން ޖެހިގެން އޮތް ބޮޑު ރަށަށް ހިނގައްޖެއެވެ.
އެ ރަށުން ފެނުނީ ވަރަށް ރީތި، ފެން ސާފު ބޮޑު ވެވެކެވެ.
އެމީހުން އަހައިފިއެވެ.
މި ވެވަކީ ކިހައި ދުވަހެއްގެ މަސައްކަތް ހެއްޔެވެ؟
އެ ރަށުމީހުން ބުންޏެވެ.
ވެވު ހަދައި ނިމުނީ ތިން މަހުންނެވެ.
ރަށު މީހުން އެނބުރި ރަށަށް އަތުވެއްޖެއެވެ.
އަނެއް ދުވަހު ދޯނިފަހަރު މަހުން ލެފީމާ ތިން މަސް އަތުލައިގެން ގޮސް ހުސް ބިމެއްގައި ބާއްވައިފިއެވެ.
ދެން އެ ތިން މަހުގެ ވަށައިގެން އެތުރިގެން ތިބެ ކިޔާން ފެށިއެވެ.
"ވަށް ވާށި... ވެވަކަށް ވާށި..."
Kihaa dhuvahegge masakkaiy hey kiyaa suvaalu kurumun thin mahunney nimunee buneema vevu hedhee kan'du mahuge thin mahunney visnumah gennan thee heynujehey baeththa? Noonee hageegaiy en,githibe thimanna men ves veveh hadhan ulhuneemey , ekamaku kamufolhaa gotheh nuvee noonhey bunan kuri kamehtha