
ފަނައަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި މައްސަލައިގައި މީހަކު ބަންދުކޮށްފި ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެކަމާ ގުޅިގެން އެމީހާ ބަންދުކޮށްފައިވަނ ީ މިއަދު މެންދުރު 12:45 އެހައިކަންހާއިރު ކަމަށެވެ. އެެހެންނަމަވެސް އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ފުލުހުން ދެއްވައިފައިެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ އެކުއްޖާ ރޭޕުކޮށްފައިވަނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ،އއ،އދ، ވ) އަތޮޅުގެ ތެރެއިން ރަށެއްގައި ކަމަށެވެ. އެހެން ނަމަވެސް ކޮންރަށެއް ކަމަށް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ފުލުހުން ގެންަވަނީ އެމައްސަލަ ބަލަމުންނެވެ.