
ލ. އަތޮޅާއި ތ. އަތޮޅު ހިމެނޭ ރަށަކުން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއްގެ ތެރޭގައި އިން 18 އަހަރު ނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިހާދިސާގައި ބަންދުކޮށްފައިވަނީ 44 އަހަރުގެ ފިރިހެނެކެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ. މިއީ ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށް ވާތީ ރަށާއި ކުއްޖާގެ ނަން ފުލުހުން ހާމައެއް ނުކުރެއެވެ. އެއީ ކުޑަ ކުއްޖާގެ ރައްކަލަކަށްޓަކައި އެޅުއްވި ފިޔަވަޅެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.