ޢިލްމުވެރިންގެ ދައުރާބެހޭ މަސައްކަތު ބައްދަލުވުމެއް ޙިރާސްކޫލުގައި ބާއްވައިފި

ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި އިމާމުންނަށް ޚާއްސަކޮށްގެން އައްޑޫ ސިޓީ ހިތަދޫ ޙިރާ ސްކޫލުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިމަހު 17 އިން 18 އަށް ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި އައްޑޫ ސިޓީގެ ޢިލްމުވެރީންގެ ތެރެއިން 20 ބޭފުޅަކު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި މަސައްލަތު ބައްދަލުވުމުގައި ކިޔަވައި ދެއްވައިފައިވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢުދީޢަރަބިޔާގެ ވަފުދެއްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާފައިވަނީ ޢިލްމުވެރިންގެ ދައުރާ ބެހޭގޮތުންނެވެ.

މިއީ ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އެންޑޯމަންޓްސް، ދަޢުވާ އެންޑް ގައިޑެންސާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ.

މީގެ ބައްދަލުވުމެއް މިމަހު 19 އިން 20  އަށް މާލެ ސިޓީގައި ދިރިއުޅުއްވާ ޢިލްމުވެރިންނަށް ވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެ މަސައްކަތު ބައްދަލުވުން އޮންނާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމްގައެވެ.

ސަޢުދީގެ ވަފުދު މިމަހު 16 އިން 22 އަށް ރާއްޖޭގައި އުޅުއްވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.