
ބާރަ އަހަރުގެ ފިރިގެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި 20 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ކަމަށެވެ. ތުހުމަތު ކުރެވޭ މީހާ ބަންދުކޮށްފައިވަނީ ކޯޓުން އަމުރެއް ހޯދައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ނޯތު ޕޮލިސް ޑިވިޝަން (ނ.ރ.ބ.ޅ) ގެ ރަށެއްގައެވެ. އެހެންނަމަވެސް އެއީ ކޮންރަށެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. އެއީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
"ފިރިހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް 2020 ވަނަ އަހަރު ފެބުރުވަރީ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވޭ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފެބުރުވަރީ 12 ވަނަ ދުވަހު ހެނދުނު 9:15 އެހައިކަންހާއިރު 20 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވޭ،" ފުލުހުން ވިދާޅުވެފައިވެއެވެ.
ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ފެށުމުން އެފަދަ މައްސަލަތައް ރިޕޯޓު ކުރުން މިހާރު ވަނީ އިތުރުވެފައެވެ.