
ބާރަ ފުޅި ބަނގުރާއާއެކު އުމުރުން ވިހި އަހަރުގެ ދިވެހި ޒުވާނަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމީހާ އެ ފުޅިތައް ގެންނަން އުޅުނީ ހުޅުމާލެއިން މާލެއަށް ކަމަށެވެ. އެހެންނަމަވެސް އެއަށްވުރެ ކުރިން ފުލުހުންނަށް އެމައުލޫމާތު ވަނީ ލިބިފައިއެވެ. ފުލުހުން އެމީހާ ބަންދުކޮށްފައިވަނީ އެ މައުލޫމާތު ލިބިގެން މިއަދު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ. އޮޕަރޭޝަން ހިންގީ މިއަދު މެންދުރުފަހު 2:08 އެހައިކަންހާއިރުއެވެ.
ފުލުހުން ގެންދަވަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. އެހެންކަމުން އެ ފުޅިތަކަކީ ކާކުއެއްޗެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ. އޭގެ އިތުރުން އެ އެއްޗެހި ގެންދަން އުޅުނީ މާލޭގެ ކޮންތަކަށް ކަމެއް ވެސް އެނގިފައެއް ނުވެއެވެ.