ފެރީދޯންޏެއް ހުޅުލޭ ނެރުފައިކަށްޓަށް އަރައިފި

ހުޅުލޭގައި އަލަށް ކަނޑައިގައިވާ ނެރުގެ ފައިކައްޓަށް ފެރީދޯންޏެއް އަރައިގެން އެމްއެންޑީއެފުން އެހީތެރިވާން ފަށައިފިއެވެ.

ރަންދެލި ނަމަކަށް ކިޔާ ފެރީ ނެރުފައިކަށްޓަށް އަރައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭފަތިހު 4:55 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

މިހާދިސާ ހިނގިއިރު އެ ފެރީގައި 3 ފަސިންޖަރުންނާއި 3 ފަޅުވެރިން ތިބި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެސް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ފެރީގެ ދިރުނބާކޮޅުން ތަންގަނޑެއް ނެއްޓި އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނެރުފައިކަށިން ދޯނި ނައްޓައިގެން ހުޅުލޭ ފަޅުތެރެއަށް ވެއްދިފަހުން މިހާރުވަނީ އަޑިއަށް ގޮސްފައި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. ދޯނި ތިލަކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ގެންދަނީ ކުރަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.