ޑިފެންސް މިނިސްޓަރ ފެބްރުއަރީ 7ގެ ހަނދާންތައް އާކުރެއްވީ ޅެމަކުން

ފެބުރުއަރީ ހަތެއް 2012 ވަނަ ދުވަހުގެ ހަދާންތައް އެކިފަރާތްތަކުން މިއަދު ދަނީ އާކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި މާރިޔާ އަޙްމަދު ދީދީއަކީ އެދުވަހު ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި، ނުވަތަ އެމްޑިޕީގެ ބަހުންނަމަ "ބަޣާވާތުގައި" އެންމެ ބޮޑު އަނިޔާއެއް ލިބިވަޑައިގެންނެވި އެކެކެވެ.

ހަތެއް ފެބުރު އަރީގެ ހަދާންތައް ޑިފެންސް މިނިސްޓަރ މާރިޔާ އާކުރައްވައިފައިވަނީ ޢިބުރަތުން ފުރިގެންވާ ޅެމަކާއެކުއެވެ.

"ކަލާންގެ ސަފުން ބަދަލުނުކުރައްވަތޭ ޤައުމުގެ ޙާލަތެއް

ނުވާނަމަ ޤައުމުގައި ޙާލާތު ބަދަލު ބަދަލު ކުރުމުގެ ޚިޔަލާތެއް"

ޢިބުރަތުން ފުރިފައިވާ ބައިތާއެކު، އަށް އަހަރު ކުރީގެ މިއަދުގެ ހާދިސާގައި އެކަމަނާގެ ޙާލަތާއި މިއަދު އެކަމަނާގެ ޙާލަތު ނުވަތަ މަޤާމާއި މަސްއޫލިއްޔާތާއި ޒިންމާ ތައް ދައްކުވައިދޭ ކުރެހުމާއި ފޮޓޯވެސް ވަނީ އާންމު ކުރައްވައިފައެވެ. ފެބްރުއަރީގެ ހަދާންތައް އާކުރައްވަމުން މާރިޔާ ކުރެއްވި އެޓްވީޓަށް އެތައް ބަޔަކު ދަނީ "ލައިކް" ދީ ތަޢުރީފް ކުރަމުންންނެވެ. ހަމައެހެންމެ އެކަމަނާ އާ ދެކޮޅަށް ވެސް ޚިޔާލު ފާޅުކޮށްފައި ވެއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާއަށް ތާއީދުކޮށް ވާހަކަ ދައްކައިފައިވާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މާރިޔާއަކީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް އަންހެން ޞަޙްސިއްޔަތެވެ. މިއަދު ރާއްޖޭގެ ޑިފެންސް މިނިސްޓަރުގެ މަޤާމުގައި މާރިޔާ ހުންނެވުމުން އެކަމާ ފަޚުރުވެރިވާކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ޚިޔާލު ފާޅުކުރައްވައިފައެވެ. ހަމަ އެހެންމެ މާރިޔާއާ ދެކޮޅަށް ޚިޔާލު ފާޅުކޮށްފައިވާ ފަރާތްކުން ބުނާ ގޮތުންނަމަ ސިފައިންނާ ފުލުހުންނާއި ދިވެހިންނަށް ނަފްރަތު ކުރާހާ ދުވަހު ވެރިކަމުގައެއް ދެމި ނުތިބެވޭނެއެވެ. އަދި ރައްޔިތުންގެ ލޯތްބެއްވެސް ނުހޯދޭނެއެވެ. ފުލުހުންނާއި ސިފައިން ޖައްސާ ސަރުކާރުގެ ވުޒާރާތައް ޖައްސައި ޤާނޫނާ ޚިލާފުވާނަމަ އަދިވެސް ފެބުރުއަރީ ހަތެއް ތަކުރާރުވެދާނެކަމަށް ބުނެފައި ވެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.