ރައީސް ޔާމީން ކޯޓަށް ހުށަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ

ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ ދެވަނަ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފިއެވެ.

މިއީ މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ފަސް އަހަރުގެ ޖަލުހުކުމެއް ކުރިމިނަލްކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެކެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުންވަނީ އެމަނިކުފާނުގެ މައްޗަށް ކުރައްވާފައިވާ ހުކުމް ތަންފީޒު ކޮށްދިނުން ލަސް ކޮށްދެއްވުމަށާއި ކަފާލާތުގެ ދަށުން މިނިވަންކޮށް ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ. މިކަމާބެހޭ ފުރަތަމަ އަޑުއެހުން ބާއްވައިފައިވަނީ ޖެނުއަރީ 28 ގައެވެ.

ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލުމާ ބެހޭ ގޮތުން މާދަމާގެ އަޑު އެހުމުގައި ގޮތެއް ނިންމަވާނެ ކަމަށް ބެލެވެއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސްމިލިއަންޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާ ވެސް ކުރައްވައިފައެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ޖަލުގައި ހުންނަވައިގެން އެފައިސާ ހޯއްދަވަން ދަތިފުޅުވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.