
ސަރުކާރުން ފުވައްމުލަކު ސިޓީގައި ހިންގި ފަސް މަޝްރޫއެއްގެ ނިންމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ފާހަގަ ކޮށްދެއްވައިފިއެވެ.
ފުވައްމުލަކު ސިޓީގައި މިހާރު ކުރިއަށް ގެންދާ ޚާއްސަ ރަސްމިއްޔާތުގައި ރައީސް ވަނީ ފުވައްމުލަކުގައި ތަރައްގީ ކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައިފައެވެ. އަދި އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައްވެސް ވަނީ އިފްތިތާހު ކޮށްދެއްވައިފައެވެ. އޭގެ އިތުރަށް އެ ސިޓީގައި ތަރައްގީ ކޮށްފައިވާ ނޭޗަރ ޕާކް ހުޅުއްވައިދެއްވައި ޕާކާބެހޭ ފޮތެއް ވެސް ރައީސް ނެރެދެއްވިއެވެ. އަދި ބަނދަރުގެ އެއްގަމުތޮށިލުމަށް ހިންގި މަޝްރޫޢުގެ ނިންމުން ވެސް ރައީސް ފާހަގަކޮށްދެއްވިއެވެ.