ކުށް ސާބިތު ކުރެވިފައި ނުވާތީ ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންކޮށްފި

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ ގެ ކުށް ސާބިތު ނުކުރެވޭ ކަމަށް ނިންމައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކޮށްފިއެވެ.

ސުޕްރީމް ކޯޓަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާ ތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ ވަކިވަކިން ބަލައިފައެވެ. ޝަރީއަތް ހިންގި ގޮތް ނުބައި ކަމަށް ރައީސް ޔާމީން ހުށަހެޅުއްވި ގިނަ މައްސަލަތަކަށް ސުޕްރީމް ކޯޓުން ތާއީދެއް ނުކުރެއެވެ. ވުމާއެކު ކޯޓުން ނިންމީ ޝަރީއަތް ހިނގައި ދިޔައީ ރަނގަޅަށް ކަމުގައެވެ.

އެހެން ނަމަވެސް ހެކިބަސް ނެގުމާއި ހެކި ބަހަށް ރިއާޔަތް ކުރުމުގައި ކޯޓުން ކަންތައް ކޮށްފައިވާ ގޮތަކަށް ސުޕްރީމް ކޯޓުން ތާއީދެއް ނުކުރިއެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ސުޕްެރީމް ކޯޓުން ފާހަގަ ކޮށްފައިވާ ގޮތުގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ކަމެއް ދައުލަތުން އެކަށީގެންވާ މިންވަރެއްގެ ޝަކެއް ނެތް ކަމަކަށް ސާބިތެއް ނުވެއެވެ. އެސްއޯއެފަކީ އެމްއެމްޕީއާރްސީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަން ގެންގުޅުނު ޓޫލެއް ކަމަށް ދައުލަތުން ބުނެފައި އެ ކުންފުނީގެ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ނިންމުމާމެދު ހައިރާންވާ ވަރުގެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުން ފާހަގަ ކުރި ގޮތުގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ދައުލަތުން ބުނާ ގޮތަށް ވޮޑަމުއްލާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާކަން ސާބިޔު ނުކޮށް އެ ފައިސާއަކީ ނުހައްގު ފައިސާ ކަމަށް ކަނޑަނޭޢޅޭނޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުރަވެފައެވެ.

ކޯޓުން ފާހަގަ ކޮށްފައިވާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ހެކިބަސް ދިން އަހްމަދު އަދީން ޢަބްދުލްޣަފޫރާއި ޢަބްދުﷲ ޒިޔަތާ ދެމީހުންގެ ހެކިބަސް ބަލައި ނުގަންނާން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ދަލީލުތަކަށް ނުބަލައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ދައުލަތުން ހުށަހެޅި އެހެން ހެކިތަކުން އެ ދެމީހުންގެ ހެކި ބަހަށް ބާރު ލިބޭތީ ކަމަށް ބުނި ނަމަވެސް އެ ހެކިތަކަކީ ކޮބައިކަމާއި އެ ހެކިތަކުން ބާރު ލިބެނީ ކިހިނެއްކަން ދައުލަތުން ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ހުކުމް ކުރި އިރުވެސް އެ ވާހަކަ ބުނުން ފިޔަވައި އެހެން ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން މިނިވފަން ވުމާ ގުޅިގެން ޕީޕީއެމް އޮފީސް ދޮށަށް އެއްވެސް ޕާޓީގެ ސަޕޯޓަރުން ގެންދަނީ އުފާ ފާޅު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.