އިސްޓިކާ ޖެހުން ކުރިއަށް - ހައްލެއް ނުފެނޭ!

ފޮޓޯ: އާފަތިސް

މިއީ ބޮޑުތަކުރުފާނު މަގުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކުރިމައްޗަށް ވާ ގޮތަށް އެއްގަމު ތޮށިގަނޑުކައިރީގައި ހުރި ސައިކަލުތަކެވެ. ހަވީރު ގިނަ ބަޔަކު ބާޒާރު ކުރަން އެ ސަރަހައްދަށް ދާ ވަގުތެވެ. މާރުކޭޓާއި މަސް މާރުކޭޓުގެ އެންމެ ބާރު ބޮޑު ވަގުތެވެ. އެ ސަރަހައްދުގައި ހުރި ގިނަ ސައިކަލުތަކުގައި ހުރީ އިސްޓިކާ ޖަހައިފައެވެ. ސައިކަލުވެރީން ތިބީ ބާޒާރުމަތީގައެވެ. ސައިކަލުތައް ޕާކު ކުރާނޭ ޖާގަ ނުދައްކައި އިސްޓިކާ ނުޖަހާނޭ ކަމަށް ރިޔާސީ އިންތިޚާބު ގެ ތެރޭގައި ވަރަށް ބާރަށް ކިޔާތީ އިވުނެވެ. މި ސަރަހައްދުގައި ޕާކު ކުރާނޭ ބައެއް ތަންތަން އެބަހުއްޓެވެ. އޭގެ ތެރޭގައި ކުރިން އެމްޓީސީސީ ބިލްޑިންގ ހުރި ތަނާއި އެމްއެމްއޭ ކުރިމަތީގައި މަގު މެދަށް ވާ ގޮތަށް އޮތް ސަރަހައްދު ހިމެނެއެވެ. އެކަމަކު ތޮށިގަނޑު ކައިރީގައި ހުރި ސައިކަލުތަކަށް ބަލައިލީމާ އެނގޭ އެއް ކަމަކީ ޕާކު ކުރާނޭ ތަންތަނުން އަދި ނުފުދޭ ކަމެވެ. އިތުރު ޖާގަ ބޭނުންވާ ކަމެވެ. ޖާގަ ނެތް ތަނެއްގައި ދެން ސައިކަލު ޕާކު ކުރާނީ ކޮން ތަނެއްގައި ކިހިނެއްތޯ މިއީ ދުއްވާ މީހުން މިހާރުވެސް ކުރާ ސުވާލެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.