
މާލޭގައި ދިރިއުޅޭ ބިދޭސީން ތަކެއްގެ މެދުގައި މިރޭ ހިނގި މާރާމާރީއަކާ ގުޅިގެން 6 ބިދޭސީއަކު ބަންދު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލާގައި ބަންދުކޮށްފައިވަނީ 5 ފިރިހެނުންނާއި އަންހެނެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީއަކީ ނޭޕާލު ބައެއްގެ މެދުގައި ހިނގި މަރާމާރީއެއް ކަމަށެވެ.
މި ހާދިސާގައި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 8:53 އެހައިކަންހާއިރު އެވެ. މިހާދިސާގައި ހިނގާފައިވަނީ ހެންވޭރު ފުޑުމާލެ ކެފޭ ކައިރީގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.