
ކ. ދިއްފުށީގައި ދެރޭ މަތިން ހިންގި މާރާމާރީއާ ގުޅިގެން އެކަމުގެ ތުހުމަތުހައި 32 އަހަރުގެ ފިރިހެނަކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ރޭ އެރަށުގައި ހިންގި މާރާމާރީއަކީ މިމަހު 22 ވަނަ ދުވަހުގެރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހިނގައި ދިޔަ ކަމެއްކަމަށެވެ.
މި މާރާމާރީގައި މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ދެރޭ މަތިން ހިންގި މާރާމާރީއާ ގުޅިގެން ބަންދުކޮށްފައިވާ 32 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތުލުސްދޫ ކޯޓަށް ގެންދިޔުމުން އެކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައެވެ.