
ރާއްޖޭގެ ގިނަ ރަށްތަކެއް އާދަޔާ ޚިލާފަށް ގިރަމުންދާތީ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހަމަޖަސައިފިއެވެ.
ތިމާވެއްތާ ބެހޭ ކޮމެޓީގެ ބައްދަލުވުން ތާވަލްކުރައްވައިފައި ވަނީ މާދާމާ ހެދުނު 11:00 އަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ތިމާވެށްޓާބެހޭ ކޮމެޓީގެ މި މަޝްވަރާ ބައްދަލުވުން އަޑުއެހުމުގެ ފުރުޞަތު އާމުންނަށް ވެސް ހުޅުވާލައިފައި ވާކަމަށެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކޮށް ގޮތްތަކެއް ނިންމުމަށް ވަނީ ކަނޑައެޅިފައެވެ.
ރާއްޖޭގެ ބައެއްރަށްރަށް ގިރަމުން ގޮސް މިހާރު ވަނީ އެރަށްރަށުން ބޮޑު ބައެއް ގެއްލިގެން ގޮސްފައެވެ. އެފަދަ ބައެއް ރަށްރަށުގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި އާއްމުކޮށް، އާންމުރައްޔިތުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.