
ޓެކްސީއަކަށް އެރުވި ލަގެޖުތަކެއްގެ ތެރެއިން ވިހި ފުޅި ބަނގުރާ ހޯދައި 2 ބިދޭސީއަކު ބަންދު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ބަނގުރާ ފެނިފައިވަނީ އެ ދެ ބިދޭސީންގެ ލަގެޖުތަކުންގެ ތެރެއިން ކަމަށެވެ. އެމައްސަލާގައި ބަންދުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ. ދެމީހުންނަކީ ވެސް ބަނގްލަދޭޝް ދެމީހުންނެވެ.
ފުލުހުން ވިދާޅުވީ އެ ފުޅިތައް ފެނިފައިވަނީ ހުޅުމާލެއިން މާލެއަށް އައި ޓެކްސީއަކުން ކަމަށެވެ. އޭގައި އެ ފުޅިތައް ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 5:14 ގައެވެ.
ފުލުހުން ވިދާޅުވީ ޓެކްސީ ދުއްވަން އިނީ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މައުލޫމާތު ލިބިގެން ޓެކްސީ ހުއްޓުވައި ފުލުހުންވަނީ އެ ފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.