އެމެރިކާގެ ޕީޕަލްސް ޗޮއިސް އެވޯޑް ޕްރިޔަންކާއަށް ލިބިއްޖެ

2017 ވަނަ އަހަރުގެ ޕީޕަލްސް ޗޮއިސް އެވޯޑުގެ ޢާއްމުންނަށް އެންމެ ކަމުދިޔަ ޑްރެމެޓިކް ޓީވީ އެކްޓްރެސްގެ އެވޯޑު ޕްރިޔާންކާ ޗޯޕްޅާ އަށް ލިބިއްޖެއެވެ.

ޕީޕަލްސް ޗޮއިސް އެވޯޑަކީ ޢާއްމުންގެ މެދުގައި މަޤްބޫލު ފަންނާނުންގެ މަސައްކަތް ފާހަގަކޮށް އެމެރިކާގައި ބާއްވާ އެވޯޑު ޝޯއެކެވެ. އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ޢާއްމުންގެ ވޯޓަކުންނެވެ.

43 ވަނަ ޕީޕަލސް ޗޮއިސް އެވޯޑް ޙަފްލާ ބާއްވާފައިވަނީ ބުދަ ދުވަހުގެ ރޭ، ލޮސް އެންޖެލިސް ގައި ހުންނަ މައިކްރޯސޮފްޓް ތިއޭޓަރުގައެވެ. 32 ޓީވީ ކެޓެގަރީ ވާދަ ކުރި މި އެވޯޑުގައި އެންމެ މަޤްބޫލު ޓީވީ ކްރައިމް ޑްރާމާ އެކްޓްރެސް އަކަށް ހޮވުނީ ޖެނިފަރ ލޮޕެޒް އެވެ. އޭނާއަށް މިއެވޯޑު ލިބުނީ ޝޭޑްސް އޮފް ބްލޫގައި އަދާކޮށްފައިވާ ރޯލަށެވެ.

އެންމެ މަޤްބޫލު ނެޓްވޯކް ޓީވީ ޑްރާމާ އަކަށް ހޮވުނީ ގްރޭސް އެނެޓަމީ އެވެ. އެންމެ މޮޅު ޓީވީ ހޯސްޓަކަށް ހޮވުނީ ދި އެލެން ޑި ޖެންރޭސް ޝޯ ގެ ހޯސްޓް އެލެން ޑި ޖެންރެ އެވެ.

ޕްރިޔާންކާ ޗޯޕްޅާއަށް އެވޯޑު ލިބުނީ އޭބީސީ އިން ދައްކާ ޓީވީ ސިލްސިލާ ކުއަންޓިކޯ އިންނެވެ. ކުއަންޓިކޯގައި ޕްރިޔާންކާ ކުޅެނީ އެލެކްސް ޕެރިޝް ކިޔާ އެފްބީ އައި އޭޖެންޓެއްގެ ރޯލެވެ. އޭނާ އަށް މި އެވޯޑު ލިބުނީ އެމާ ރޮބަރޓްސް، ޖެމީ ލީ ކާރޓިސް، ލި މިޝޭލް، މާރޝިއާ ގެ ހާރޑްން އާ ވާދޮކޮށްގެންނެވެ. މި އެވޯޑާއެކު ޕރިޔާންކާއަށް ވަނީ ވިދިވިދިގެން ދެފަހަރު ޕީޕަލްސް ޗޮއިސް އެވޯޑް ލިބިފައެވެ. މިދިޔަ އަހަރު ޕްރިޔާންކާ އަށް ޕީޕަލްސް ޗޮއިސް އެވޯޑު ލިބުނީ އާ ޓީވީ ސިލްސިލާ އިން އެންމެ މަޤްބޫލު އެކްޓްރެސް ގެ އެވޯޑެވެ. ބޮލީވުޑްގެ ތަރިންނާއި އިގެ މީޑިއާއިންދަނީ ޕްރިޔަންކާ ގެ ކާމިޔާބިގައި ބައިވެރިވެ ގައުމަށް ރީތި ނަން ހޯދައި ދިންކަމަށްޓަކައި ޝުކުރުގެ މެސެޖްތައް ފޮނުވަމުންނެވެ.

ކުއަންޓިކޯގެ ސެޓުގައި ބުރާސްފަތި ދުވަހު ސްޓަންޓެއް ނަގަނިކޮށް ވެއްޓި ބޮލަށް ލިބުނު އަނިޔާ އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ޕްރިޔާންކާއަށް ވަނީ ފަރުވާދީފައެވެ. އޭނާ އަދިވެސް މުޅިން ރަނގަޅު ނުވިކަމުގައި ވިއަސް މިހާރު ވަނީ ސިލްސިލާގެ މަސައްކަތް އަލުން ފަަށާފައެވެ.  އުމުރުން 33 އަހަރުގެ ޕްރިޔަންކާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ފަންނާނެކެވެ. އޭނާގެ ފުރަތަމަ ހޮލީވުޑު ފިލްމް 26 މެ ގައި ސިނަމާ ތަކުގައި އަޅުވާނެއެވެ.

ފިލްމީ ދާއިރާގެ އިތުރުން ޕްރިޔަނަކާއަކީ އދ ގެ ގްލޯބަލް ގުޑްވިލް އެމްބެސެޑަރުކަމާއި، އިންޑިއާގެ އަސަމްގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ހޮވާފައިވާ "އޯސަމް އަސަމް" ގެ އެމްބެސެޑަރުވެސްމެއެވެ. އަދި ލިންކެޑް އިން މެދުވެރިކޮށް އާއްމުން ހޭލުންތެރިކުރާން އޭނާ ވަނީ ލިންކެޑްއިން އާ ވެސް ގުޅިފައެވެ. މީގެ އިތުރުން އޭނާ ތަފާތު ޗެރިޓީތައްވެސް ހިންގައެވެ. ޕްރިޔާންކާ އަކީ އިޖްތިމާޢީ ތަފާތު ޙަރަކާތްތަކުގައި ވެސް ފާހަގަކުރެވޭ ފަންނާނެކެވެ.       

ތިރީގައި މިވަނީ މިޙަފްލާގައި އެވޯޑު ލިބުނު ފަރާތްތަކުގެ ލިސްޓެވެ.

އެންމެ މަޤްބޫލު ޓީވީ ކްރައިމް ޑްރާމާ (އަންހެން) ޖެނިފަރ ލޮޕޭޒް، ޝޭޑްސް އޮފް ބްލޫ

އެންމެ މަޤްބޫލު އެކްޓަރު، އާ ޓީވީ ސިލްސިލާ:މެޓް ލި ބްލޮންކް، މޭން ވިތް އަ ޕްލޭން

އެންމެ މަޤްބޫލު އަންހެން ތަަރި (އާ ޓީވީ ސިލްސިލާ): ކްރިސްޓެނެ ބެލް، ދަ ގުޑް ޕްލޭސް

އެންމެ މަޤްބޫލު ޕްރިމިއަމް ކޮމެޑީ: ފުލަރ ހައުސް

އެންމެ މަޤްބޫލު ޕްރިމިއަމް ސިލްސިލާ: ޑްވޭން "ދަ ރޮކް" ޖޯންސަން، ބޯލަރސް

އެންމެ މަޤްބޫލު ނެޓްވޯކް ޑްރާމާ: ގްރޭސް އެނެޓަމީ

އެންމެ މަޤބޫލު ޑޭޓައިމް ޓީވީ ހޯސްޓް: އެލެން ޑި ޖެންރެ، ދި އެލެން ޑި ޖެންރޭސް ޝޯ

އެންމެ މަޤްބޫލޫ ކޭބަލް ޓީވީ ކޮމެޑީ: ބޭބީ ޑެޑީ

އެންމެ މަޤްބޫލު ޕްރިމިއަމް ސީރީސް އެކްޓްރެސް: ސާރާ ޖެސިކާ ޕާކަރ، ޑިވޯސް

އެންެމެ މަޤްބޫލު ޑްރެމެޓިކް ޓިވީ އެކްޓްރެސް: ޕްރިޔާންކާ ޗޯޕްޅާ

އެންމެ މަޤްބޫލު މުބާރާތް: ދަ ވޮއިސް

އެންމެ މަޤްބޫލު ޓީވީ ކޮމެޑީ: މޭން ވިތް އަ ޕްލޭން

އެންމެ މަޤްބޫލު އާ ޑްރާމާ: ދިސް އިޒް އަސް

އެންމެ މަޤްބޫލު ކޮމެޑީ ޓީވީ އެކްޓްރެސް: ސޯފިއާ ވަރގޭރާ:، މޮޑަރން ފެމިލީ

އެންމެ މަޤްބޫލު ނެޓްވޯކް ޓީވީ ކޮމެޑީ: ދަ ބިގް ބޭންގް ތިއަރީ

އެންމެ މަޤްބޫލު ޓީވީ ޝޯ: އައުޓްލޭނޑަރ

އެންމެ މަޤްބޫލު ކޮމެޑި ޓީވީ އެކްޓަރު: ޖިމް ޕާރސަންސް، ދަ ބިގް ބޭންގް ތިއަރީ

އެންމެ މަޤްބޫލު ޑްރެމެޓިކް ޓީވީ އެކްޓަރު: ޖަސްޓިން ޗެމްބަރސް، ގްރޭސް އެނެޓަމީ

އެންމެ މަޤްބޫލޫ ކޭބަލް ޓީވީ ޑްރާމާ: ބޭޓްސް މޯޓެލް

އެންމެ މަޤްބޫލު ކޭބަލް ޓީވީ އެކްޓަރު: ފްރެޑި ހައިމޯރ، ބޭޓްސް މޯޓެލް

އެންމެ މަޤްބޫލު ކޭބަލް ޓީވީ އެކްޓްރެސް: ވިރާ ފާރމިގާ، ބޭޓްސް މޯޓެލް

އެންމެ މަޤްބޫލު ޓީވީ ކްރައިމް ޑްރާމާ: ކްރިމިނަލް މައިންޑްސް. 

އެންމެ މަޤްބޫލު ޓީވީ ކްރައިމް ޑްރާމާ އެކްޓަރު: މާރކް ހާރމަން، އެންސީއައިއެސް

އެންމެ މަޤްބޫލު ޕްރިމިއަމް ޑްރާމާ ސީރީސް: އޮރޭންޖް އިޒް ދަ ނިއު ބްލެކް

އެންމެ މަޤްބޫލު ސައިފައި/ފެންޓަސީ ޓީވީ ޝޯ، ނެޓްވޯކް: ސުޕަރ ނެޗުރަލް

އެންމެ މަޤްބޫލު ސައިފައި ފެންޓަސީ ޓީވީ ޝޯ، ކޭބަލް: އައުޓްލޭނޑަރ

އެންމެ މަޤްބޫލު ސައިފައި/ފެންޓަސީ ޓީވީ އެކްޓަރ: ސޭމް ހިއުއާން، އައުޓްލޭންޑަރ

އެންެމެ މަޤްބޫލޫ ސަައިފައި/ފެންޓަސީ ޓީވީ އެކްޓްރެސް: ކެއިޓްރިއޯނާ ބޯލްފ، އައުޓްލޭންޑަރ

އެންމެ މަޤްބޫލު ޑޭޓައިމް ޓީވީ ހޯސްޓިންގ ޓީމް: ގޮޑް މޯނިންގ އެމެރިކާ

އެންމެ މަޤްބޫލު ލޭޓް ނައިޓް ޓޯކް ޝޯ ހޯސްޓް: ޖިމީ ފެލަން، ދަ ޓުނައިޓް ޝޯ

އެންމެ މަޤްބޫލު އެނިމޭޓެޑް ސީރީޒް: ދަ ސިމްޕްސަންސް

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.