ހިމަބިއްސަށް ޕޮޒިޓިވް ވި ކުއްޖާއަށްވަނީ މީސްލްސް ވެކްސިން ޑޯޒް ފުރިހަމަނުކޮށް: އެޗްޕީއޭ

ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވުނު އުމުރުން 3 އަހަރުގެ ކުއްޖާ އެބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެކުއްޖާއަކީ މީސްލްސް ވެކްސިން ޑޯޒް ފުރިހަމަކޮށްފައިނުވާ ކުއްޖެއްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި އުމުރުން 9 މަހުގައްޔާއި 18 މަހުގައި ދޭންޖެހޭ މިސްލްސް ވެކްސިންގެ ދެ ޑޯޒް ވަނީ ފުރިހަމަ ނުކޮށެވެ.

އެކުއްޖާއަށް ހިމަބިހި ޖެހިފައިވާކަން ދެނެގަނެވުނީ ހިރާއްޖޭގައި ގާއުމިކޮށްފައިވާ ހިމަބިއްސާއި ރުބެއްލާގެ ސަރވެއިލެންސް ނިޒާމަކުން ކަމަށް އެޗްޕީއޭއިން ބުންޏެވެ. ހުން އައުމާއެކު ހަމުގައި ބިިހ ނަގައިފިނަމަ އެ ނިޒާމުގެ ދަށުން މީސްލްސްއާއި ރުބެއްލާއަށް ޓެސްޓުކުރެއެވެ.

އެކުއްޖާގެ ކޭސް އެޗްޕީއޭއަށް ރިޕޯޓުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 8ވަނަ ދުވަހު ކަމަށާއި، ރިޕޯޓުކުރެވުމާއެކު ތަހުގީގު ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެ ތަހުގީގުން އެކުއްޖާގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރު ދެނެގަނެވުނު ކަމަށާއި އެދުވަސްތަކުގައި އެކުއްޖާއާއި އެކުގަިއ އުޅޭފައިވާ ނުވަތަ ކައިރިވެފައިވާ ފަރާތްތައް ވަނީ ހޯދާފައެވެ. އަދި އެފަރާތްތަކުގެ ތެރެއިން މިސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިނުވާ ފަރާތްތަކަސް ވެކްސިން ޖެހޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި ވެކްސިން ގެ ދެ ޑޯޒު ފުރިހަމަ ނުކުރާ ފަރާތްތަކަށް، ބަލިޖެހިފައިވާ މީހެްގެ ފަރާތުން ބަލި ފެތުރުމުެގ ފުރުސަތު އޮންނާނެއެވެ. އެ މުއްދަތުގައި އެކުއްޖާ ޒިޔާރަތްކުރި ތަންތަނުގެ ތެރެިން ބަލި ފެތުރުމުގެ ފުރުސަތު އޮތް ތަންތަނާއި ވަގުތުތަކުގަިއ ދިޔަ ފަރާތްތަކުގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ބަލިޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އޭޖެންސީއިން ބުންޏެވެ. 

އެ ކުއްޖާ ޒިޔާރަތްކުރި ތަންތަނާއި ގަޑިތައް ތިރީގައި މިވަނީއެވެ.

- 4 ޖެނުއަރީ 2020 (ރޭގަނޑު 8 އިން 11 އަށް) ހުޅުމާލޭ ހޮސްޕިޓަލް
- 5 ޖެނުއަރީ 2020 (ހަވީރު 5 – 9އަށް) ހުޅުމާލޭ ހޮސްޕިޓަލް
- 6 ޖެނުއަރީ 2020 (ރޭގަނޑު 7 – 10އަށް) ސެނެހިޔާ)
- 7 ޖެނުއަރީ 2020 (ރޭގަނޑު 7 – ދަންވަރު 2އަށް) ހުޅުމާލޭ ހޮސްޕިޓަލް
- 8 ޖެނުއަރީ 2020 (ހެނދުނު 1130 – މެނދުރު 1330 އަށް) ޓްރީޓޮޕް
- 9 – 1 ޖެނުއަރީގެ ހަވީރުގެ ވަުގުތުތަކުގައި ހުޅުމާލޭ ސެންޓްރަލް ޕާކާއި އެ ސަރަހައްދުގެ ކެފޭތަކެވެ.

މަތީގައިވާ ވަގުތުތަކުގައި އެތަންތަނަށް ދިޔަ ފަރާތްތަކުގެ ތެރެއިން މީސްލްސް ވެކްސިން ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކުން ޑޯޒް ފުރިހަމަ ކުރުމާއި، 21 ދުވަހުގެ ތެރޭގައި ހުންއައުމާއެކު ހަމުގައި ބިހި ނަގައިފިނަަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. ަރުވާ ހޯއްދެވުމަށް އަިއިޖިއެމްއެޗުގެ އެމެޖެންސީ ޓރައޭޖަށް ދިއުމަށާއި ހުޅުމާލޭގައި ނަމަަ 1417އަށް ގުޅުމަށް ވެސް އެ އޭޖެންސީ އިން އިލްތިމާސްކުރެއެވެ.
ބައްޔަށް ޕޮޒިޓިވް ވި ކުއްޖާ މިހާރު ވަނީ ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އެ ކުއްޖާ ދޫކޮށްލާފައިވަނީ ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީއެވެ.

ބަލިން ރައްކާތެރިވުމަށް ވެކްސިން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ސަމާލުވުމަށާއި އެއްވެސް ސަބަބަކާ ހުރެ ވެކްސިން ޑޯޒެއް ދޭން އޮންނަ މުއްދަތުގަިއ ނުދެވިއްޖެނަމަ ވީ އެންމެ އަވަހަކަސށް ވެކްސިން ދިނުމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.