
އަވަށްޓެރި ސްރީލަންކާގެ ފުލުހުން 6 ދިވެއްސަކު މިއަދު ބަންދުކޮށްފިއެވެ. އެމީހުން ބަންދުކުރި ސަބަބެއް ފޮރިން މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރ މިއުވާން ވިދާޅުވީ އެ މީހުން ބަންދުކުރުމާ ބެހޭގޮތުން މިވަގުތަށް އަދި އެއްވެސް އިންފޮމޭޝަން ދެވެން ނެތްކަމަށެވެ. އޭނާ ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ކޮންސިއުލަރ މުވައްޒަފުން މިވަގުތު ތިބީ ޕޮލިސް ސްޓޭޝަނުގައި ކަމަށެވެ.
"ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންދެވުނު 6 ދިވެއްސަކަށް ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ގެންދަނީ ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެމުން. އެމްބަސީގެ ކޮންސިއުލަރ ސްޓާފުން މިވަގުތު ޕޮލިސް ސްޓޭޝަންގައި ދަނީ ހަރަކާތްތެރިވަމުން،" މިއުވާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
އެމީހުން ބަންދުކޮށްފައިވަނީ ވިސާނެތި ލަންކާގައި އުޅެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.