ޖަލު އޮފިސަރުންގެ ގަޔަށް ކާބޯތަކެތި އުކައިފި

މާފުށީ ރިމާންޑު ޖަލުގައި ތިބި ބައެއް ގައިދީން ހިތްހަމަނުޖެހިގެން ޖަލު ބަލަހައްޓާ އޮފިސަރުންގެ ގަޔަށް ކާބޯތަކެތި އުކައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ މާފުށީޖަލުގައި ހަމަނުޖެހުން ހިންގި ރިމާންޑު މީހުންގެ ޝަކުވާއަކީ ތަހުގީގު ބަންދުގެ މުއްދަތު ދިގުވުމާއި ބޭސްފަރުވާގެ އިންތިޒާމްތައް އެމީހުން އެދޭގޮތަށް ކުރިއަށް ނުދިއުން ކަމަށެވެ. އެކަންތައްތަކީ ސީދާ އެސާވިސް އިން ވެސް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ރިމާންޑު މީހުން ހިތްހަމަނުޖެހި އޮފިސަރުންގެ ގަޔަށް ކާބޯތަކެތި ޖަހަމުން ގެންދިޔަ ނަމަވެސް ޖަލު އޮފިސަރުން ވަނީ ކެތްތެރިކަމާއެކު އެމީހުންނަށް ވިސްނައި ދެވޭތޯ މަސައް ކޮށްފައި" ކަމަށްވެސް އެކޮމިޝަނުން ވިދާޅުވިއެވެ.

ކަރެކްޝަނުން ވިދާޅުވެފައިވަނީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒާއި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕްރިޒަންސް މުޙައްމަދު ޢާސިފް މިއަދުވަނީ ޖަލަށް ވަޑައިގެން ރިމާންޑުގައި ތިބިމީހުންގެ ހާލަތު ބައްލަވައިލައްވައިފައި ކަމަށެވެ.

 ފުލުހުންގެ ދެ އޮފިސަރަކު ވެސް މިއަދުވަނީ މާފުށީ ޖަލަށް ގޮސްފައެވެ. ފުލުހުން ޖަލަށް ޒިޔާރަތް ކުރެއްވީ ރިމާންޑުގައި ހުރި މީހަކަށް ގޮޅީގެ އެހެން މީހުން އަނިޔާކުރި މައްސަލަ ތަހުގީގު ކުރުމަށް ކަމަށް ކަރެކްޝަނުން ވިދާޅުވެފައިވެއެވެ.

ރިމާޑުގައި ތިބި މީހުންނާއި އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ހިނގާފައިވާ ކަމަށް މީޑިއާގައި ޚަބަރު ފެތުރުނަސް އެފަދަ ކަމެއްވެސް ހިނގާފައި ނުވާކަމަށް ވެސް އެ ކޮމިޝަނުން ވިދާޅުވެފައިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.