މި އަހަރުގެ ފިލްފެއަރ ގެ އެންމެ މޮޅު ބަޠަލަކީ ޢާމިރު ޚާން

2017 ވަނަ އަހަރުގެ ބޮލީވުޑްގެ ފުރަތަމަ އެވޯޑް ނައިޓް (ފިލްމްފެއަރ އެވޯޑް) ހޮނިހިރު ދުވަހުގެ ރޭ މުމްބާއީ ގައި ބާއްވައިފިއެވެ. ޝާހު ރުކް ޚާނާއި، ކަރަން ޖޯހަރު އަދި ކަޕިލް ޝަރުމާ ހުށަހަޅައިދިން މި ޝޯ ގައި ސަލްމާން ޚާނާއި، ޖެކްލިން ފެނާންޑޭޒް އަދި އާލިއާ ބަޓްގެ ކުޅަދާނަ ހުށަހެޅުންތައް ފެނިގެން ދިޔައެވެ.

މުނި ފޫހި ފިލުވައިދިނުމުގެ ތަފާތު ހުށަހެޅުންތަކާއެކު ކުރިއަށް ދިޔަ މި ޙަފްލާގައި 2016 ވަނަ އަހަރުގެ މޮޅު ފިލްމުތައް ފާހަގަކޮށް ޝަރަފު ޙައްޤުވާ ފަރާތްތަކަށް އިނާމު ދިނެވެ.

62 ވަނަ ޖިއޯ ފިލްމެ ފެއަރ ގެ އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ އާމިރް ޚާނެވެ. އާމިރް ޚާނަށް މި އެވޯޑު ލިބުނީ ދަންގާލް ގައި އޭނާ އަދާކޮށްފައިވާ ރޯލަށެވެ. އެ ފިލްމުގައި އޭނާ ކުޅެފައިވަނީ އިންޑިއާގެ ރެސްލަރެއް ކަމުގައިވާ މަހަވީރު ޕޯގަޓްގެ ރޯލެވެ. އެންމެ މޮޅު އަންހެން އެކްޓަރަކަށް ހޮވިފައިވަނީ އާލިއާ ބަޓް އެވެ. އެނާ އަށް މި އިނާމު ލިބުނީ އުޅްތާ ޕަންޖާބުގައި އަދާކޮށްފައިވާ ރޯލަށެވެ.  

 ތިރީގައި މިވަނީ 62 ވަނަ ޖިއޯ ފިލްމް ފެއަރ އިން އެވޯޑު ހާސިލްކުރި ފަރާތްތަކުގެ ލިސްޓެވެ.

އެންމެ މޮޅު ފިރިހެން ތަރި: އާމިރް ޚާން، ދަންގާލް

އެންމެ މޮޅު އަންހެން ތަރި: އާލިއާ ބަޓް، އުޅްތާ ޕަންޖާބް

އެންމެ މޮޅު ފިލްމް: ދަންގާލް

އެނމެ މޮޅު ޑައިރެކްޓަރު: ނިތޭޝް ތިވާރީ، ދަންގާލް

ކްރިޓިކްސް އެވޯޑް ފޯ ބެސްޓް ފިލްމް: ނީރްޖާ، ރާމް މަދްވާނީ

ކްރިޓިކްސް އެވޯޑް ފޯ ބެސްޓް އެކްޓަރ: ޝާހިދު ކަޕޫރު އަދި މަނޯޖް ބަޖްޕާއީ، އުޅްތާ ޕަންޖާބް

ކްރިޓިކްސް އެވޯޑް ފޯ ބެސްޓު އެކްޓްރެސް: ސޯނަމް ކަޕޫރު، ނީރްޖާ

އެންމެ މޮޅު ޑެބިއު (ފިރިހެން): ދިލްޖީތް ދޮސާންޖް، އުޅްތާ ޕަންޖާބް

އެންމެ މޮޅު ޑެބިއު (އަންހެން): ރިތިކާ ސިންގހް، ސާލާ ޚާދޫސް

އެންމެ މޮޅު ޑެބިއު ޑައިރެކްޓަރ: އަޝްވިނީ އިޔާރް ތިވާރީ، ނީލް ބައްޓޭ ސައްނާޓާ

ސަޕޯޓިން ރޯލް (އަންހެން): ޝަބާނާ އަޒްމީ، ނީރްޖާ

ސަޕޯޓިން ރޯލް (ފިރިހެން): ރިޝީ ކަޕޫރު، ކަޕޫރު އެންޑް ސަންސް

ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް: ޝަތުރަގަން ސިންހާ

އެންމެ މޮޅު ވާޙަކަ: ޝަކުން ބަޓްރާ އަދި އަޔޭޝާ ޑެވިތްރެ، ކަޕޫރު އެންޑް ސަންސް

އެންމެ މޮޅު ސްކްރީން ޕްލޭ: ޝަކުން ބަޓްރާ އަދި އަޔޭޝާ ޑެވިތްރެ، ކަޕޫރު އެންޑް ސަންސް

އެންމެ މޮޅު ޑައިލޮގު: ރިތޭޝް ޝާހު، ޕިންކް

އެނމެ މޮޅު މިއުޒިކް އަލްބަމް: ޕްރިތަމް، އޭ ދިލްހެ މުޝްކިލް

އެންމެ މޮޅު ފިރިހެން ލަވަކިއުންތެރިޔާ: އަރިޖީތް ސިންގހް، އޭ ދިލްހެ މުޝްކިލް

އެންމެ މޮޅު އަންހެން ލަވަކިއުންތެރިޔާ: ނިހާ ބާސިން، ޖަގް ގޫމެޔާ

އެންމެ މޮޅު ލިރިސިސްޓް: އަމީތާ ބައްޗާރިޔާ، ޗައްނާ މެރޭ ޔާރް

އާރްޑީ ބަރްމަން އެވޯޑް (މިއުޒިކް ހުނަރު): އަމިޓް މިޝްރާ، ބުލެއްޔާ

އެންމެ މޮޅު ބެކްގްރައުންޑް ސްކޯރ: ސަމީރުއްދީން، ކަޕޫރް އެންޑް ސަންސް

އެންމެ މޮޅު އެޑިޓިން: މޮނީޝާ ބަލްދާވާ، ނީރްޖާ

އެންމެ މޮޅު ކޯރިއޮގްރެފީ: އާދިލް ޝައިޚް، ކަރްގައީ ޗުލް

އެންމެ މޮޅު އެކްޝަން ޑައިރެކަޓަރ: ޝާމް ކޯޝަލް، ދަންގާލް

އެންމެ މޮޅު ސިނެމެޓޯގްރެފީ: މިތޭޝް މިރްޗަންދާނީ، ނީރްޖާ

ބެސްޓް ވީއެފްއެކސް: ފޭން، ރެޑް ޗިލީސް ވީއެފްއެކްސް

އެންމެ މޮޅު ކޮސްޓިއުމް: ޕާޔަލް ސަލޫޖާ، އުޅްތާ ޕަންޖާބް

އެންމެ މޮޅު އެކްޓަރ (ކުރު ފިލްމް): މަނޯޖް ބަޖްޕާއީ، ތާންދަވް

އެންމެ މޮޅު އެކްޓްރެސް (ކުރު ފިލްމް): ޓިސްކާ ޗޯޕްރާ، ޗަޓްނީ

އެންމެ މޮޅު ކުރު ފިލްމް (ފިކްޝަން): ޗަޓްނީ

އެންމެ މޮޅު ކުރު ފިލްމް، ޕީޕަލްސް ޗޮއިސް: ޚަމާޚާ

އެންމެ މޮޅު ކުރު ފިލްމް (ނޮން ފިކްޝަން): މަތިތަލީ ކުޝްތީ

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.