
ނ. ކެނދިކުޅުދޫގައި އައު އިންޖީނުގެއެއް އެޅުމަށް ކުންފުންޏަކާ ޙަވާލުކޮށްފިއެވެ. 7.5 މިލިއަން ރުފިޔާއަށް އެމަސައްކަތް ހަވާލުކޮށްފައިވަނީ ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޓެޑާއެވެ.
ދިހަ މަސްތެރޭގައި ނިންމާ ގޮތަށް އެކުންފުންޏާ ޙަވާލުކުރި މިމަސައްކަތުގެ އެއްބަސްވުމުގައި ފެނަކަކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ . ޓޫއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޮޕަރޭޝަންސް ޑިރެކްޓަރ ޙުސައިން އިބްރާހީމެވެ.
ފެނަކައިން މަސައްކަތް ކުރަމުން ގެންދަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 30 އިންޖީނުގޭގެ މަސައްކަތް އަލަށް ފެށުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރަށް ރަށްރަށަށް ދެމުން ގެންދާ ކަރަންޓުގެ ޚިދުމަތް ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންެވެ.