
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ރޭ ފަތިހު އައިޖީއެމްހޮސްޕިޓަލުގައި އެޑުމިޓް ކޮށްފިއެވެ.
އެމަނިކުފާނުގެ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އިން ބުނީ ރައީސް މައުމޫން އެޑުމިޓު ކޮށްފައިވަނީ "ރޯގާ ދިގުލާތީ ޓެސްޓުތައް ހެދުމަށް" ކަމަށެވެ.
ރައީސް މައުމޫނުގެ ދަރިކަނަބަލުން ޔުމްނާ މައުމޫން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅު ކަމަށެވެ.
ޢުމުރުފުޅުން މިހާރު 82 އަހަރުގެ މައުމޫނަކީ ރާއްޖޭގައި 30 އަހަރު ވެރިކަންކުރައްވައި ރާއްޖެއަށް ތަރައްގީގެ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް ތަރައްޤީ ނާންނަ ދާއިރާއެއްނެތެވެ. ވެރިކަމަށް ފަހުވެސް ރައީސް މައުމޫން ގެންދަވަނީ ސިޔާސީ ދާއިރާގައި އިސްދައުރެއް އަދާކުރައްވަމުންނެވެ. އެމަނިކުފާނު މިހާރު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ އެއްކަމަކީ އެމްއާރުއެމް ކުރިއަރުވަން ކުރައްވަމްޖެހިވަޑައިގަންނަވާ މަސައްކަތްތަކެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށްލެއްވިއެވެ. ޖަލުގައި ހުންނެވި ދުވަސްވަރު ވެސް އެމަނިކުފާނުގެ ޙާލުކޮޅު ވަރަށް ދެރަވި ފަހަރުތައް ވަނީ އައިސްފައެވެ.