ސިޓީ ތަކުން އަންހެނުން ވާދަކުރާނެ ދާއިރާތައް ކަނޑައަޅައިފި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ސިޓީ ކައުންސިލްތަކުން އަންހެނުން ވާދަކުރާނެ ދާއިރާތައް މިރޭ ކަނޑައަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިންތިޚާބާ ބެހޭ މައިމަރުކަޒު ބައު ޖަމާލުއްދީން ސްކޫލުގެ ޓްރެއިނިން ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ދާއިރާތައް ކަނޑައެޅުމަށް ވަނީ ގުރުއަތުލައިފައެވެ.

ތިން ސިޓީގެ ތެރެއިން މާލެ ސިޓީގެ 1 ދާއިރާއިން އަންހެނުންނަށް ޚާއްސަ ކޮށްފައިވަނީ ހަ ދާއިރާއެވެ. ފުވައްމުލަކު ސިޓީގެ ހަ ދާއިރާގެ ތެރެއިން އަންހެނުންނަށް ޚާއްސަކުރީ 2 ދާއިރާއެވެ. އައްޑޫ ސިޓީގެ ބާރަ ދާއިރާގެ ތެރެއިން އަންހެނުންނަށް ޚާއްސަކުރީ 4 ދާއިރާއެވެ.

އަންހެނުންނަށް ގޮނޑިތަކެއް ޚާއްސަކޮށް އެމީހުން ވާދަކުރާނެ ދާއިރާތައް ކަނޑައަޅަން ޖެހުނީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހެއްގައި ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް 33 ޕަސެންޓު ކަނޑައެޅުމުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރު އޭޕްރީލް މަހުގައެވެ. އެއިން ތިޚާބުގައި ޖުމްލަ 980 ކައުންސިލާރުން ހޮވާނެއެވެ. އޭގެ ތެރެއިން 372 މީހުންވެގެންދާނީ އަންހެނުންނަށެވެ.

އެހެން އިންތިޚާބު ތަކާ ޚިލާފަށް މިފަހަރުގެ އިންތިޚާބުގައި ދާއިރާތައް ކަނޑައަޅައިފައިވަނީ ނަމެއްގެ ބަދަލުގައި ނަމްބަރެއް ދީގެންނެވެ.

މާލެސިޓީން އަންހެނުންނަށް ކަނޑައަޅައިފައިވަނީ، ހެންވޭރުގެ ދެ ދާއިރާއެއް ކަމަށްވާމާ ނަމްބަރު 2 އާއި 4 އެވެ. އަދި މާފަންނު ދެ ދާއިރާއެއް ކަމަށްވާ ނަމްބަރު 12 އާއި 14 އެވެ. އޭގެ އިތުރަށް މައްޗަން ގޮޅިން 9 ނަމްބަރާއި، ވިލިމާލެއިން 18 ވަނަ ނަމްބަރ ވަނީ އަންހެނުންނަށް ކަނޑައަޅައިފައެވެ.

އައްޑުއިން އަންހެނުންނަށް ކަނޑައަޅާފައިވަނީ  ހިތަދޫ 3 ނަމްބަރާއ، ފޭދޫ 6 ނަމްބަރާއި، ހުޅުދޫގެ ބައެއް ކަމަށްވާ 18 ވަނަ ނަމްބަރެވެ. އޭގެ އިތުރުން މީދުގެ ބައެއް ކަމަށްވާ 12 ނަމްބަރުވެސް ވަނީ އަންހެނުންނަށް ކަނޑައަޅައިފައެވެ.

ފުވައްމުލަކު ސިޓީން އަންހެނުންނަށް ކަނޑައަޅާފައިވަނީ ދަނޑިމަގާއި، ދިގުވާނޑުގެ ބައެއް ކަމަށްވާ 1 ނަމްބަރާއި ފުނާޑުގެ ބައެއް ކަމަށްވާ 4 ވަނަ ނަމްބަރެވެ.

މާލެސިޓީން އަންހެނުންނަށް ކަނޑައަޅައިފައިވަނީ، ހެންވޭރުގެ ދެ ދާއިރާއެއް ކަމަށްވާމާ ނަމްބަރު 2 ދާއިރާއި، 4 ނަމްބަރު ދާއިރާއެވެ. އަދި މާފަންނު ދެ ދާއިރާއެއް ކަމަށްވާ ނަމްބަރު 12 ދާއިރާއި 14 ނަބްބަރު ދާއިރާއެވެ. އޭގެ އިތުރަށް މައްޗަން ގޮޅިން 9 ނަމްބަރު ދާއިރާއި، ވިލިމާލެއިން 18 ވަނަ ނަމްބަރު ދާއިރާ ވަނީ އަންހެނުންނަށް ކަނޑައަޅައިފައެވެ.

އައްޑޫ ސިޓީއިން އަންހެނުންނަށް ކަނޑައަޅާފައިވަނީ ހިތަދޫ 3 ނަމްބަރު ދައިރާއި، ފޭދޫ 6 ނަމްބަރު ދާއިރާއި، ހުޅުދޫގެ ބައެއް ކަމަށްވާ 18 ވަނަ ނަމްބަރު ދާއިރާއެވެ. އޭގެ އިތުރުން މީދުގެ ދާއިރާއެއް ކަމަށްވާ 12 ވަނަ ނަމްބަރު ދާއިރާ ވެސް ވަނީ އަންހެނުންނަށް ކަނޑައަޅައިފައެވެ.

ފުވައްމުލަކު ސިޓީން އަންހެނުންނަށް ކަނޑައަޅާފައިވަނީ ދަނޑިމަގާއި، ދިގުވާނޑުގެ ދައިރާއެއް ކަމަށްވާ 1 ނަމަބަރު ދާއިރާއި، ފުނާޑުގެ ދާއިރާއެއް ކަމަށްވާ 4 ވަނަ ނަމްބަރު ދާއިރާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.