
ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019ގެ ގާލާގައި "އެކްސެލެންސް އިން ޔުނިޓީ" އެވޯޑު ފެނަކަ ކޯޕަރޭޝަނަށް ލިބިއްޖެއެވެ.
މި ޚާއްސަ އެވޯޑު ލިބުމުން އެކުންފުނީގެ މެނޭޖިން ޑިރެކްތަރ އަހުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ އެއީ ލިބިގެން ދިޔަ ވަރަށްބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ކަމަށެވެ. މި އެވޯޑަކީ އެކުންފުނީގެ ހީވާގި މުވައްޒަފުންގެ މަސައްކަތާއި އެއްބައިވަންތަ ކަމުގެ ސަބަބުން ލިބުނު އެއްޗެއް ކަމަށް އޭނާ ވިދާޅވިއެވެ. އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއެވޯޑާ ޙަވާލުވެ ވަޑައިގެންނެވީ އެމްޑީ ސައީދެވެ.
ބިޒްނަސް އެވޯޑު މި ހަފްލާގައި އަހަރުގެ އެންމެ ރަނގަޅު ކުންފުންޏަށް ހޮވިފައިވަނީ އުރީދޫއެވެ. މިއީ އެކުންފުންޏަށް މިއެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. މިހަފްލާގައި އެކުންފުންޏަށް ވަނީ އެންމެ މޮޅު ސީއެސްއާރު ޙަރަކާތުގެ އެވޯޑާއި އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އާއި އެކްސެލެންސް އިން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް އެވޯޑު ވެސް ލިބިފައެވެ. މިއެވޯޑު ތަކުގެ ހައްގުވެރިނަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި 24 ގަޑިއިރު މަސައްކަތްކުރާ އެކުންފުނީގެ މުވައްޒަފުން ކަމަށެވެ.