
ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނުތަކެއް އައްޑޫ ސިޓީ ހިތަދޫ ވަލުތެރެއިން ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ އެސާމާނު ފެނިފައިވަނީ ރާ މެންދަމުން އަލިވެ 3:30 އެހައިކަންހާއިރު ކަމަށެވެ. އެފެނިފައިވަނީ ރަށުތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށެވެ. މިމައްސަލާގައި އެއްވެސް މީހަކު ބަންދުކޮށްފައެއް ނުވެއެވެ.
"ހިތަދޫ ވަލުތެރެއިން ތޮނަވަސް (އަމިއްލައަށް ކައްކާ ބަނގުރާ) ދުވާތީ އެ ސަރަހައްދު ބަލާފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައިފައިވޭ. މިމިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ކުރައްވާފައިވާ ޓޫވީޓެއްގައި ވިދާޅުވެފައިވެއެވެ.
ބައެއް ރަށްރަށުގައި އަމިއްލައަށް ބަނގުރާ ތައްޔާރުކޮށްގެން އެބޭނުން ކުރުމާއި ވިއްކުމަކީ އާމުކަމެއް ކަމަށް މިހާރުވަނީ ވެފައެވެ.