
އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށުން ގަވާއިދާ ޚިލާފަށް ނަގައި ފޮރުވައިފައިހުރި 122 ބަސްތާ ދޮންވެލި ފުލުހުން ހޯދައިފިއެވެ.
އެފެނިފައިވަނީ މިއަދު ހެނދުނު 6:00 އެހައިކަންހާއިރު ރަށުތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށެވެ. ވެލިބަސްތާތައް ފެނިފައިވަނީ އެރަށު ފޯލޭންޑް ހިމެނޭ ސަރަހައްދުގެ އަތިރިމަތިންނެވެ. އެރަށު ގޮނޑު ދޮށުން ވެލިނެގުމަކީ އާއްމު ކަމެކެވެ. އެހެންނަމަވެސް ރަށްރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ މަނާކަމެކެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދުކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންވިދާޅުވިއެވެ.