ސައިކަލް އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި

އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް ސްޕީޑް މަޑުކުރަންޖެހޭ. މަގުމަތީގެ ގަވާއިދަށް ހުރުމަތްތެރކޮށް ހިތަންޖެހޭ

ހދ. ވައިކަރަދޫގައި މިރޭ ހިނގި ސައިކަލް އެކުސިޑެންޓެއްގައި މީހެއްގެ ބޯފަޅައިގެން ހިނގައްޖެއެވެ.

ފުލުހުން ވިދާޅުވީ ދެ ސައިކަލް ޖެހި ހިނގި މިއެކްސިޑެންޓުގައި ބޯފަޅައިގެން ދިޔަ މީހާގެ ޙާލު ސީރިއަސް ކަމަށެވެ. އޭނާއަށް މިހާރު ފަރުވާ ދެމުން ގެންދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ޢުމުރުން 48 އަހަރުގެ މީހަކަށާއި 20 އަހަރުގެ މީހަކަށެވެ. މީގެ ތެރެއިން ޙާލު ސީރިއަސް ވެފައިވަނީ 48 އަހަރުގެ މީހާއެވެ. އަނެއް މީހާއަށް ވައިކަރަދޫ ސިއްހީމަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އޭނާ ވެސް ކުޅުދުއްފުށްޓަށް ގެންދިޔުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅވިއެވެ.

އެރަށަކީ ފުލުހުން ތިބޭ ރަށެއް ނޫނެވެ. ފުލުހުން މިހާރު ގެންދަނީ މި އެކްސިޑެންޓުވި ސަބަބު އޮޅުން ފިލުވުމަށް މައްސަލަ ތަހުގީގު ކުރަމުންނެވެ. މިއެކްސިޑެންޓުވި ދެމީހުންކުރެ މީހެއްގެ އަތުގައި ލައިސަންސެއް ނޯވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.