
ދެރަށެއްގެ ގޮނޑުދޮށް ހިމަޔާތް ކުރުމުގެ މަޝްރޫޢުގެ ޑިޒައިނިންއާއި އީއައިއޭ ހެދުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.
ގއ. ގެމަނަފުށްޓާއި ގދ. ރަތަފަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭ ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ޙަވާލުކޮށްފައިވަނީ ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ އެވެ.
މިމަސައްކަތް ޙަވާލުކޮށްފައިވަނީ 18 ހަފްތާތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 507،104.00 ރުފިޔާއެވެ. މިމަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ އިއްޔެ އެވެ.
މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން އިންހިނިއަރ ޢަބްދުﷲ ނައުޝާދެވެ.