ފަސްރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު ޑިޒައިން ކުރުމަށް ރިޔަންއާ ޙަވާލުކޮށްފި

ފަސްރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޑިޒައިން ކުރުމާއި އީއައިއޭ ހެދުމުގެ މަސައްކަތް ކުރުމަށް ކުންފުންޏާކާ ޙަވާލު ކުރައްވައިފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ރިޔަން ޕްރައިވެޓުލިމިޓެޑު، އިން އެސޯސިއޭޝަން ވިތު ލަމެއަރ ގުރޫޕް އެންޑް ނިރާސް އޭއެސް (ޑެންމާކު) އާއެވެ.

އޭގެ ތެރެއިން މ. މުލަކާއި، ދިއްގަރާއި ކޮޅުފުށީގެ މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 1،917،700.59 ރުފިޔާއަށެވެ. އެމަސައްކަތް ނިންމަން އެއްބަސްވެފައިވާ މުއްދަތަކީ 12 ހަފްތާއެވެ.

ތ. ބުރުންޏާއި ވަންދޫގެ މަސައްކަތް ވެސް ނިންމަން އެއްބަސްވެފައިވަނީ 12 ހަފްތާއިންނެވެ. މަސައްކަތުގެ އަގަކީ 1،624،712.88 ރުފިޔާއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީއޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫގެވެ. ިޔަން ޕްރައިވެޓުލިމިޓެޑު، އިން އެސޯސިއޭޝަން ވިތު ލަމެއަރ ގުރޫޕް އެންޑް ނިރާސް އޭއެސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ހަމީޒެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.