ބަޣާވާތަކުން މިސަރުކާރުވެސް ވައްޓާލާ ތަން ދެކޭނެ: މުސްތަފާ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރު ވެސް ބަޣާވާތަތަކުން ވައްޓާލާނެ ތަން އަދި ދެކޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއް ގައި ވިދާޅުވެފައިވަނީ "އަދި އަހަރެމެން ދެކޭނަން މިރާއްޖޭގައި ދެވަނަ ބަޣާވާތެއް ކޮށްގެން މިސަރުކާރު ވައްޓާލާތަން. ވައްޓާލިޔަސް ކުރެވޭނެ ކަމެއްނެތް ކަމަށް މިހާރުވެސް ދަނީ ގޮވަމުން،" ކަމަށެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން މުސްތަފާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު މަގުމައްޗަށް ނުކުމެ ސަރުކާރު ވައްޓާނެ ކަމަށް ގޮވަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ވައްޓާލާނެ ކަމަށް އެއްވެސް ޖެހިލުމެއްނެތި ގޮވާލަން ކެރެނީ "ބަޣާވާތަކުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ" ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އޝަރުޢީ އެއްވެސް ކޯޓަކުން ނުވަތަ ކަމާބެހޭ މުޢައްސަސާ އަކުން ވެސް އެމައްސަލަ ބަލައި ފިޔަވަޅު އަޅާފައި ނުވާތީ ދެވަނަފަހަރަށް ވެސް އެފަދަ ކަމެއް ކުރުމަށް މީހުން ޖެހިލުން ނުވާކަމަށް މުސްތަފާ ވިދާޅުވިއެވެ.

އެމައްސަލަ ބެލުމަށް ރާއްޖެއިން ބޭރުން ގެނައި އެކްސްޕާޓަކީ ވެސް ރިޝްވަތުހިފާ މީހެއް ކަމަށް ބުނެ އެރިޕޯޓާމެދު ވެސް މުސްތަފާ ވަނީ ޝައްކު އުފައްދަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.