
އޭނާއާމެދު އެންމެ ނިކަމެތިކޮށް އަމަލު ކުރަމުންދަނީ މިސަރުކާރުން ކަމަށް ރައްޔިތުންގެ މަޖުލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެއެވެ.
އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އޭނާއަށް ގޯސް ނޫން ކަމަށެވެ. ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް އޭނާއަށް ގޯސް ނޫން ކަމަށެވެ.
މިސަރުކާރުގައި އޭނާއަށް ގޯސްކޮށްކުރީ ކޮންމެއްތޯ ސުވާލު ކުރުމުން މުސްތަފާ ވިދާޅުވީ އޭނާގެ ބޯޓެއްވެސް އެންގުމަކާ ނުލައި ބާދަގަނޑަށް ނެގީ މިސަރުކާރުން ކަމަށެވެ. އެފަދަ ކަންކަންކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަތުމަކާ ނުލައި ނުކުރެވޭނެ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ ރައީސް ނަޝީދުގެ ސަރުކާރެއް އަދި އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ. މިއީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިސަރުކާރުގެ މައްޗަށް ރައީސް ނަޝީދު ބާރުފޯރުވާ ކަމަސް ބަޔަކު މީހުން ވާހަކަ ދެއްކިޔަސް އެއީ އެއްވެސް ހަގީގަތެއް ނޫންކަމަށާއި ރައީސް ނަޝީދަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މުސްތަފާ ވިދާޅުވިއެވެ. "މިއީ ރައީސް އިބޫގެ މަސައްކަތުން އޭނާ އަމިއްލައަށް ހޯދީ ވެރިކަމެއް،" މުސްތަފާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.