
ހުސްވި ނޮވެމްބަރު މަހު 29 ވަނަ ދުހު ދެ ފުލަހަށް ބިރު ދެއްކި މީހާ ފުލުހުންގެ ބަންދުން އިއްޔެ ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ އޭނާ ބަންދުކުރީ ދެ ފުލުހަކަށް ބިރުދައްކައި، އިންޒާރުދީ އެމީހުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައި ކަމަށެވެ.
ޢުމުރުން 25 އަހަރުގެ އެ މީހާ ފުލުހުންގެ ބަންދަށް ގެނައި އިރު އެއްވެސް އަނިޔާއެއް ފުލުހުންކުރި ކަމަށް އޭނާ ބުނެފައި ނުވާކަމަށް ފުލުހުންގެ މީޑިއާއިން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް އޭނާ ރޯގާޖެހި ހުންއައިސްގެން އިއްޔެ ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެތަނަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އިނގިލީގައި ރިއްސާ ކަމަށް ބުނުމުން ވަނީ އެކްސްރޭއެއް ނަގައިފައެވެ. "އެކްރޭ ނެގިއިރު ކަނާތު އެއް އިނގިލީގެ ކަށިގަނޑަށް އަނިޔާވެފައިވާކަން ފާހަގަ ކުރެވިފައިވޭ،" ފުލުހުން ވިދާޅުވިއެވެ. އޭނާއަށް އެނިޔާ ލިބިފައިވަނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް ފުލުހުން މިހާރުދަނީ ކުރަމުންނެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުސް ކޮމާންޑުގެ ނަމްބަރ މީހާރުވަނީ އޭނާގެ ޢާއިލާއާ ހިއްސާ ކޮށްފައި ކަމަށާއި ދެން ކުރިއަށް ދާނެގޮތް ވެސް ޢާއިލާއަށް ކިޔައިދީފައި ވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.