މަރުވެފައިއޮއްވައި މޫދުން ފެނުނު މީހާގެ ތަޙްޤީޤަށް އާންމުންގެ އެހީތެރިކަން ހޯދަނީ

މަރުވެފައިއޮއްވައި މޫދުން ފެނުނު މީހާގެ ތަޙްޤީޤަށް އާންމުންގެ އެހީތެރިކަމަށް ފިލުހުން އެދިވަޑައިގެންފިއެވެ.

މިތަޙްޤީޤަށް އާންމުންގެ އެހީތެރިކަން ބޭނުންވާކަން ހާމަކުރައަވައި ފުހުން ކުރި ޓްވީޓެއްގައި ވަނީ އައިޖީއެމްއެޗް ސަރަހައްދާ ދިމާލުން މޫދު އަޑިން މަރުވެފައިވާ އޮއްވާ ފެނުނު މީހާގެ މަރުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުޤީޤަށް އާންމުންގެ ފަރާތުން މައުލޫމާތު ބޭނުންވާ ކަމަށެވެ.  އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ނުވަޔަކާއި މެންދުރު 12 އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި، މަރުގެ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ، އެފަރާތަކާއި ވާހަކަދައްކައި މައުލޫމާތު އޮޅުންފިލުވަން ބޭނުންވާކަމަށެވެ. އެހެންކަމުން އެގަޑީގައި ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތަކުން ނުވަތަ މަރުގެ ހާދިސާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން ޙިއްޞާ ކުރުމަށެވެ. އެގޮތުން ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމެންޓްގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ޙިއްސާކުރުމަށް  ވަނީ އެދިވަޑައިގެންފައެވެ.

މަރުވެފައި އޮއްވައި އައިޖީއެމްއެޗާ ދިމާލުން މޫދުން ފެނުނު މިހާގެ ޕޯސްޓްމޯޓަމް ހަދުމަށް ވަނީ ނިންމައިފައެވެ. ފުލުހުންގެ މިޑިއާއިން ވިދާޅުވެފައިވަނީ މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ އެމީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަންނިންމައިފައިވާ ކަމަށެވެ. އެކަމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑު ވަނީ މޯޗަރީގައި ބާއްވައިފައި ކަމަށް ރޭ ފުލުހުން ވިދާޅުވިއެވެ.

މަރުވެފައި އޮއްވައި އައިޖީއެމްއެޗާ ދިމާލުން މޫދުން ފެނުނު މިހަކީ ޢުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާގެ މަރުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 10:40 ގައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިމީހާގެ ހަށިގަނޑު ފެނިފައިވަނީ އެސަރަޙައްދަށް ފީނަން ދިޔަ ބަޔަކަށް ކަމަށްވެއެވެ.  އެމިހާގެ ހަށިގަނޑުގައި ބައެއް ޒަޙަމްތައް ހުރިކަމަށްވެސް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯރޓް ކޮށްފައެވެ. ނަމަވެސް އެމީހަށް ލިބިފައިވާ ޒަޙަމްތަކުގެ މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.