
ސަލަފު ޖަމިއްޔާއަކީ ރައްޔިތުންނަށް މަގުދައްކައިދޭ ޢިލްމުވެރިން ތިއްބެވި ޖަމިއްޔާއެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ގުޅިގެން މިހާރު ކުރިއަށް ގެންދާ ރިލޭގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ޢިލްމުވެރިންގެ މައްސަލަތައް މިސަރު ކާރުން ތަހުގީގުކުރާނެ ކަމަށެވެ. ޢިލްމުވެރިންގެ މައްސަލަތައް ބަލައި ތަޙުޤީގު ކުރައްވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތު ހާމަކޮށް ފާޑު ވިދާޅުވަމުންދާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަލަފު ޖަމިއްޔާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް އެޖަމިއްޔާ އުވާލަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެކަމާ ދެކޮޅަށް އެއްވެސް މަދަނީ ޖަމިއްޔާއެއް ނުކުމެފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއވެ. އަދި މުދައްރިސުންނާއި އެންމެމަތީ ޝަރަފުވެރިން ވެސް އެކަމަށް އެއްޗެއް ވިދާޅުނުވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެއްބަޔަކު އެކަމަށް ނުނުކުތަސް ޕީޕީއެމް/ޕީއެންސީ އެކަނި "މިކަން ފަތަހަކުރާނަން،" ކަމަށް ރައިސް ޔާމީން ވިދާޅުވިއެވެ.