
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތ. އަތޮޅު ގުރައިދުއަށް މިއަދު ވަޑައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މިހާރު ގެންދަވަނީ ގިނަ އަތޮޅުތަކަށް ވަޑައިގަންނަވަމުންނެވެ. އެ ގޮތުން ދެކުނާއި މެދާއި އުތުރުގެ އަތޮޅުތައް ވެސް ހިމެނެއެވެ.
މިދަތުރުފުޅުތަކުގައި ރައީސް ވަނީ ސަރުކާރުން ހިންގަވާ ތަރައްގީގެ މަޝްރޫއުތައް ނިންމުގެ ރަސްމިއްޔާތު ތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި އާ މަޝްރޫއުތައް ފަށްޓަވައި ދެއްވައިފައެވެ.