ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ކ. ރިހިވެލިރިސޯޓު ކައިރިއަށް ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރުވެފައިވަނީ ޔޫކުރައިންގެ ފަތުރުވެރިއެއް ކަމަށެވެ. ޢުމުރުން 48 އަހަރުގެ އެ ފިރިހެން ފަތުރުވެރިޔާ ގެނބުމުން ފުރަތަމަ ގެންދިޔައީ ކ. ގުރައިދޫ ސިއްހީ މަރުކަޒަށެވެ. ފުލުހުން ވިދާޅުވީ އެތަނަށް ގެންދިޔުމުން ޑޮކްޓަރުން ބައްލަވާފައި ވިދާޅުވެފައިވަނީ ގެނައިއިރުވެސް މަރުވެފައި ކަމަށެވެ.

ފުލުހުންނަށް މިހާދީސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:39 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި މިހާ މަރުވެފައިވަނީ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ފިޓުޖެހިގެން ކަމަށް މަޢުލޫމާތު ލިބިފައިވަނީ،" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ޙާދިސާއާ ބެހޭ ގޮތުން ބައްލަވަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.