
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ އިސްލާމިކް ސްޓޫޑިއޯގެ މުވައްޒަފުން އެމިނިސްޓްރީގެ އެހެން ސެކްޝަންތަކަށް އޯކިޑްމާގަސްތައް ހަދިޔާ ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މިއީ އޮފީސްތެރެ ރީތިކޮށް ބާއްވައި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ކުރިކަމެއް ކަމަށެވެ.
ގަސްތައް ހަދިޔާ ކުރުމުގެ އިތުރުން ގަސްތައް ބަލަހައްޓާނެގޮތް ވެސް ވަނީ ދަސްކޮށްދީފައެވެ.
މި ހަރަކާތުގައި އިސްލާމިކް އެފެއާޒު މިނިސްޓަރ އަޙުމަދު ޒާހިރު ވެސް ބައިވެރިވެ ވަޑައިގެންނެވެ.