(8 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހަމަހަމަކަން
އިސްލާމްދީނުގައި އައިސްފައިވާ މި އިންސާނިއްޔަތުކަމުގެ އެންމެ ފޮނި އެއް މޭވައަކީ ހަމަހަމަކަމެވެ. އިސްލާމްދީނުގައި އައިސްފައިވާ ހަމަހަމަކަމަކީ އިންސާނުންނަށް އިސްލާމްދީން އިޙްތިރާމް ކުރާކަން ހާމަކޮށްދޭ ކަމެކެވެ. އިސްލާމްދީން އިންސާނާއަށް އިޙްތިރާމު ކުރަނީ އޭނާ އިންސާނަކަށްވާތީއެވެ. ކޮންމެ ޖިންސެއްގެ މީހަކަށް ވިޔަސް، ކޮންމެ ކުލައެއްގެ މީހަކަށް ވިޔަސް އިންސާނެއްގެ ހައިސިއްޔަތުން އިސްލާމްދީން އޭނާއަށް އިޙްތިރާމްކުރެއެވެ. ވަކި ނަސްލަކަށް ޚާއްޞަ އިމްތިޔާޒެއް ނެތެވެ. ވަކި ޤައުމަކަށް ވަކީ ޚާއްޞަ ގޮތެއް ނެތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنثَى وَجَعَلْنَاكُمْ شُعُوباً وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ [1] - އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ. ))
ކީރިތި ރަސޫލާ r ޙިއްޖަތުލް ވަދާޢުގައި މިކަން ކަށަވަރު ކޮށްދެއްވާފައި ވެއެވެ. އަބޫދާވޫދު ރިވާކުރެއްވި ޙަދީސްފުޅެއްގައި ވެއެވެ. (( يَا أَيُّهَا النَّاسُ ، أَلَا إِنَّ رَبَّكُمْ وَاحِدٌ ، وَإِنَّ أَبَاكُمْ وَاحِدٌ ، أَلَا لَا فَضْلَ لِعَرَبِيٍّ عَلَى أَعْجَمِيٍّ ، وَلَا لِعَجَمِيٍّ عَلَى عَرَبِيٍّ ، وَلَا لِأَحْمَرَ عَلَى أَسْوَدَ ، وَلَا أَسْوَدَ عَلَى أَحْمَرَ إِلَّا بِالتَّقْوَى، أَبَلَّغْتُ ؟ قَالُوا : بَلَّغَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ –އޭ މީސްތަކުންނޭވެ! ފަހެ ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަކީ އެއްކައުވަންތަ ރަސްކަލަނގެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ބައްޕައަކީ އެކެކެވެ.ފަހެ ދަންނާށެވެ! ޢަޖަމީއެއްގެ މައްޗަށް އަރަތްބަކަށް، އަދި އަރަތްބެއްގެ މައްޗަށް ޢަޖަމީއަކަށް ، އަދި ކަޅު މީހެއްގެ މައްޗަށް ދޮން މީހަކަށް ، އަދި ދޮން މީހެއްގެ މައްޗަށް ކަޅު މީހަކަށް ތަޤްވާވެރިކަމުން މެނުވީ މާތްކަމެއް ލިބިގެން ނުވެއެވެ.ފަހެ ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ މި ކަންކަން އިއްވަވައިފިން ހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. ރަސޫލުﷲ r އިއްވަވައިފިއެވެ.))
ރަސޫލާގެ މިބަސްފުޅުން އިންސާނާގެ ޤައުމަށް، ސަރަޙައްދަށް، ފަންތިއަށް، ގިންތިއަށް، މުއްސަނދިކަމަށް، ފަޤީރުކަމަށް އިސްލާމްދީން ނުބަލާކަން އެނގެއެވެ. މިބަސްފުޅުތަކުން ބައެއް މީހުންގެ ހަސަދަވެރި ފަލްސަފާތަކުގެ ބާޠިލުކަން އެނގެއެވެ. ދީނީ ޢަޤީދާގައި ތަފާތު ވިޔަސް އިންސާނީ ހައިސިއްޔަތުން އެންމެން ހަމަހަމަކަން ރަސޫލާގެ ޢަމަލުފުޅުތަކުން އެނގެއެވެ. ރަސޫލުގެފާނުގެ އަރިހުން މީހެއްގެ ސަންދޯކެއް ގެންދެވުނުހިނދު ތެދުވެވަޑައި ގެންނެވިއެވެ. އެއީ ޔަހޫދީއެއްގެ ސަންދޯކެއްކަމަށް މީސްތަކުން ރަސޫލާއަށް ދެންނެވިއެވެ. އެހިނދު ޙަދީސް ކުރެއްވއެވެ. (( أليس نَفْسًا - އެއީ ނަފްސެއް ނޫން ހެއްޔެވެ؟ )) އެކަލޭގެފާނުގެ އެހެން ބަސްފުޅެއްގައި ވެއެވެ. (( إِذَا رَأَيْتُمُ الجِنَازَةَ، فَقُومُوا [2]- ތިޔަބައިމީހުންނަށް ޖަނާޒާއެއް ފެނިއްޖެނަމަ ފަހެ ތެދުވާށެވެ!))
މާތް ﷲއަށް އީމަންނުވާ ނަފްސު އޭގެ ޢިއްޒަތް ބިނާކުރާނީ އެހެންމީހުންގެ ބުރިކަށިމަތީގައެވެ. އޭގެ މަންޒިލްމަޤްޞޫދަށް ވާޞިލުވުމަށް ޓަކައި އެއްވެސް އަގަކަށް އެއްވެސް އުޞޫލަކަށް ނުބަލާނެއެވެ.އެ ނަފްސުގެ ޝިޢާރަކީ " ލަނޑުދަނޑިއަށް ވާޞިލުވުމަށް ޓަކައި ކޮންމެ ވަސީލަތެއް ވެސް ހަމަ ރަނގަޅު ވަނެއެވެ. " އޭގެ މުއްސަނދިކަމަށް ޓަކައި އެހެން ނަފްސުތައް ފަޤީރުކޮށްލުމުގައި މަސްއަލައެއްވ ނެތެވެ. އެހެން މީހުން ނިކަމެތިކޮށް އޭގެ ޢިއްޒަތް ބިނާކުރެވިދާނެއެވެ. އެހެންމީހުން މރައިލައިފައި އޭގެ ޙަޔާތް އާރާސްކުރުމަކީ ހަމަ ރަނގަޅު ގޮތެވެ.އެކަމަކު އަޅުގަނޑުމެ (( إِنَّ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ عَلَيْكُمْ حَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا ، فِي شَهْرِكُمْ هَذَا ، فِي بَلَدِكُمْ هَذَا إِلَى يَوْمِ تَلْقَوْنَهُ، ثُمَّ قَالَ : اسْمَعُوا مِنِّي تَعِيشُوا ، أَلَا لَا تَظْلِمُوا ، أَلَا لَا تَظْلِمُوا ، أَلَا لَا تَظْلِمُوا ، إِنَّهُ لَا يَحِلُّ مَالُ امْرِئٍ إِلَّا بِطِيبِ نَفْسٍ مِنْهُ ، أَلَا وَإِنَّ كُلَّ دَمٍ وَمَالٍ وَمَأْثَرَةٍ كَانَتْ فِي الْجَاهِلِيَّةِ تَحْتَ قَدَمِي هَذِهِ إِلَى يَوْمِ الْقِيَامَة[3] - ތިޔަބައިމީހުންގެ މި މަހުގައިވާ މި ދުވަހާއި ތިޔަބައިމީހުންގެ މި ރަށް ޙުރްމަތްރި ކުރައްވައިފައިވާ ފަދައިން ޤިޔާމަތާ ޖެހެންދެން ތިޔަބައިމީހުންގެ ލެއާއި މުދަލާއި އަބުރު ވަނީ ޙުރްމަތެރިކުރައްވައިފައެވެ.އެއަށްފަހު ޙަދީސް ކުރެއްވިއެވެ.ތިމަންކަލޭގެފާނުގެ އަރިހުން އަޑުއަހާށެވެ. ތިޔަބައިމީހުންނަށް ދިރުން ދެއްވާނެތެވެ.ފަހެ ދަންނައެވެ! ތިޔަބައިމީހުން އަނިޔާވެރި ނުވާށެވެ! އަޅެ ދަންނައެވެ! ތިޔަބައިމީހުން އަނިޔާވެރި ނުވާށެވެ! އަޅެ ދަންނައެވެ! ތިޔަބައިމީހުން އަނިޔާވެރި ނުވާށެވެ! އަޅެ ދަންނައެވެ! އެއްވެސް މީހެއްގެ މުދަލެއް އޭނާ ހިތުން ރުހުމުން ދިނުމުން މެނުވީ އެހެން މީހަކަށް ޙަލާލުވެގެން ނުވެއެވެ.އަޅެ ދަންނައެވެ! ޖާހިލީ ޒަމާނުގައި އޮހުރުވިފައިވާ ކޮންމެ ލެއަކާއި ފޭރިގަނެވިފައިވާ ކޮންމެ މުދަލަކާއި ފަޚްރުވެރިވުމުގެ ގޮތުން ކޮށްފައިވާ ބުޠޫލީ ކޮންމެ ޢަމަލެއް ތިމަންކަލޭގެފާނުގެ މި ފައިންޕުޅުދަށުލައި ޤިޔާމަތާ ޖެހެންދެން ވަޅުލައްވައިފީމެވެ. ))
އިންސާނީ އަގަށް ބަލާއިރު މުއްސަނދިކަމުގެ ސަބަބުން، ކުލައިގެ ސަބަބުން، ނަސްލުގެ ސަބަބުން މިއަގަށް ބަދަލެއް ނާންނާނެއެވެ. އެއީ ހުރިހާ އިންސާނުންނަށް ހަމަ އެއް އަގެކެވެ. މިހެންވެ އިސްލާމްދީން ދެކޭގޮތުގައި އިންސާނަކާ ދެކޮޅުވެރިވެ ޢަދާވަތްތެރިވުމަކީ މުޅި އިންސާނިއްޔަތާ ދެކޮޅުވެރިވެ ޢަދާވަތްތެރިވުމެވެ. އަދި އިންސާނަކު ސަލާމަތް ކުރުމަކީ ހުރިހާ އިންސާނުން ސަލާމަތް ކުރުމެވެ. (( مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْساً بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعاً وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعاً [4]-އެކަމަށްޓަކައި އިސްރާއީލުގެ ދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسول ން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި إسراف ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، كافر ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.))
(ނުނިމޭ)
[1] - އަލްޙުޖްރާތު : 13
[2] - އެއްބަސް ޙަދީސެއް
[3] - ރިވާކުރެއްވީ އަޙްމަދު
[4] - މާއިދަތު ސޫރަތް : 32