ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ކުއްޖަކު މަރުވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 13 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

މި އެކުސިޑެންޓު ހިނގާފައިވަނީ ބުރިޖުން ހުޅުމާލެއަށްފައިބާ މަގުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކުއްމަރުވީ އޭނާގެ މަންމަ ދުއްވި ސްކޫޕީ ސައިކަލެއްގެ ފަހަތުގައި އިންދައި ސައިކަލުގަައި އެމްޓީސީސޫގެ ބަހެއް ޖެހިގެންނެވެ.

އެކްސިޑެންޓަށްފަހު އެކުއްޖާވަނީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެކުއްޖާގެ މަންމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުން ގެންދާ އާސަންދަ ކުންފުނިން ވިދާޅުވީ އެއީ ގދ. މަޑަވެލީ މީހެއް ކަމަށެވެ. އޭނާގެ ޙާލަތު ރަނގަޅު ކަމަށާއި ބޭރުފުށުން އެއްވެސް އަނިޔާއެއް  ލިބިފައިނުވާކަމަށް ވެސް އެތަނުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިއެކުސިޑެންޓު ހިނގާފައިވަނީ ސައިކަލާއި އެމްޓީސީސީ ބަހަކާ ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓުވުމުން ވެސް ބަސްވަނީ މަޑުނުކޮށް ގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ބަސް ހުއްޓުވާފައިވަނީ ހައިވޭގެ ޔޫޓާން ނަގާ ސަރަޙައްދުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ބަސް ހުއްޓުވައި ފުލުހުން މިހާރުވަނީ ބަހުގެ ޑްރައިވަރ ބަންދުކޮށްފައެވެ. ބަސް ދުއްވަންއިނީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.