
މިއަދު ހުޅުމާލެއިން މާލެއަށްދިޔަ އެމްއެންޑީއެފްގެ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓު ވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގީ ކާރުގެ ކުރިއަށް އަރަންވެގެން ސައިކަލު މަސައްކަތް ކުރުމުގެ ތެރޭގައެވެ. އެ ސައިކަލް ދުއްވަންއިނީ ޢުމުރުން 21 އަހަރުގެ މީހެކެވެ.
އޭނާ އަތުގައި ލައިސަންސް ނޯންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ އަތުގައި ލައިސަންސް ނެތި ދުއްވުމުގެ ކުށުގައިވަނީ ޖޫރިމަނާ ކޮށްފައެވެ. މި އެކްސިޑެންޓުގައި ކާރަށް އަދި ސައިކަލަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިއެކްސިޑެންޓު ހިނގީ މިއަދު މެންދުރު އެކެއްޖަހަން އުޅެނިކޮށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.