ލ. ދަނބިދޫ ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ލ. ދަނބިދޫ ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދެއެވެ.

ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ލ. ދަނބިދޫ ކައުންސިލާއި މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލް ގުޅިގެން 6 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ލ. ދަނބިދޫ ސްކޫލުގެ ގްރޭޑް 1 ން ފެށިގެން ގްރޭޑް 10 ގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ ތެރެއިން 76 ދަރިވަރަކު ބައިވެރިވެއެވެ. މި ޕްރޮގްރާމުގައި ކިކް ޖަހާނެ ގޮތާއި ފްލޯޓް ކުރާނެ ގޮތާއި މޫދުގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި ފެތުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފަތަން ދަސްކޮށްދިނުމުގެ ކުލާސްތައް ކުރިއަށް ގެންގޮސްދެނީ މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލުގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނާއި ލ. އިސްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި ލ.ދަނބިދޫ ސްކޫލުގެ މެނޭޖްމެންޓާއި ސްކޫލުގެ ބެލެނިވެރިން އަދި ދަނބިދޫ ސިއްޙީމަރުކަޒްގެ އިތުރުންދަނބިދޫ ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުންނެވެ.

(ޚަބަރު ލިޔުނީ ޕޮލިސް ސަރޖަންޓް ޖާވިދު އިސްމާޢީލު)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.