ހއ. ކެލާގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ހއ. ކެލާގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 12:30 ހާއިރުއެވެ.

ހއ. ކެލާ ދެކުނުފަރާތު ތުނޑިއަށްދާން އޮންނަ މަގުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 22  ފިރިހެނަކަށެވެ.

މި އެކްސިޑެންޓްގައި ދެ ސައިކަލް ދުއްވި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ. މި ދެމީހުންނަށް ކެލާ ސިއްޙީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރުވަނީ ހއ. ދިއްދޫއަށް ގެންގޮސްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.