
މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.
ސެރީނާ ޗުއްޓީ ހޭދަކުރަމުންދަނީ ވޯރޑޮލްފް އެސްޓޯރިއާ މޯލްޑިވްސްގައެވެ. ސރީނާގެ އިންސްޓެގްރާމް ސްޓޯރީގައި ޝެއަރކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ބުނީ އޭނާއަށް ދުވަހަކުވެސް ޗުއްޓީ އެއް ނުލިބޭ ކަމަށެވެ. އެހެންކަމުން ލިބޭ ޗުއްޓީގެ ބޭނުން ރަނގަޅަށް ހިފާކަމަށް އޭނާ ބުނެފައިވެއެވެ.
ސެރީނާ ރާއްޖެ އައި ދުވަހެއް ސާފެއް ނުވެއެވެ. ރާއްޖޭގެ ފޮޓޯ އާއި ވީޑިއޯ އިންސްޓެގްރާމްގައި ޝެއަރކޮށްފައިވަނީ މިއަދުއެވެ.
ސެރީނާވަނީ 23 ފަހަރު ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައެވެ. ކުޅިވަރުން ރިޓަޔަރ ކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަބާބުދެމުން އޭނާ ބުނީ ރޮޖަރ ފެޑެރަރ ކުޅޭހައިދުވަހަކު އޭނާ ކުޅޭނެ ކަމަށެވެ.