
އާސަންދައިގެ ދަށުން ހިލޭ ކަކުލުހުޅު ބަދަލުކުރުމުގެ 100 ވަނަ ސާރޖަރީ އައިޖީއެމްއެޗްގައި މިއަދު ކޮށްފިއެވެ. މިސާރޖަރީ ކޮށްފައިވަނީ އައިޖީއެމްއެޗްގެ ތަޖްރިބާކާރު ދެ ޑޮކްޓަރުން ކަމަށްވާ ޑރ ޙުސައިން ފައިސަލް އާއި ޑރ. އިސްމާޢީލް ޒާހިރެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ވަނީ އައިޖީއެމްއެޗްގެ މިސާރޖަރީގައި ޙަރަކާތްތެރިވި ޑޮކްޓަރުންނާ ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. އަދި ކަކުލުހުޅު ބަދަލުކުރި މީހާއާ ބައްދަލުކުރައްވައި އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.
އާސަންދައިގެ ދަށުން ހިލޭ ކަކުލުހުޅު ބަދަލުކުރުމުގެ ޚިދުމަތް އައިޖީއެމްއެޗްގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލާއި މެޑިކާއިންވެސް ދެމުން ގެންދެއެވެ.