ޕާކިސްތާނުގެ މަޝްހޫރު ސައި ވިއްކަ މީހާ ނުވަތަ "ޗައިވާލާ" އަރްޝަދް ޚާންގެ މިއުޒިކް ވީޑިއޯއެއް ނުކުމެއްޖެއެވެ.
މީޑިއާގެ ސަމާާލު ކަމަށް އަރްޝަދް ޚާން އައީ "ކަޑައެއްގައި" ސައި ވިއްކަން އޭނާ ހުއްޓާ މީހަކު ނެގި ފޮޓޯއެއް އިންސްޓަަގްރާާމަށް ލުމުންނެވެ. އެ ފޮޓޯ ލުމާއެކު ހީވީ ހިކި ހުއި ދަނޑެއްގައި ރޯކޮށްލީ ހެންނެވެ. އަންހެން ކުދިން އޭނާގެ ރީތި ކަމަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ލިޔަން ފަށައިފިއެވެ. މީސްމީހުން އޭނާޔާ ބައްދަލު ކުރާން ދާން ފަށައިފިއެވެ. އޭނާގެ ސިފަތަކުގެ ތެރެއިން އެންމެ ބޮޑަށް މީހުން އަޅައިގަތީ އޭނާގެ ފެހި ކުލައިގެ ދެ ލޮލުގައެވެ.
ކުއްލިއަކަށް އޭނާ މަޝްހޫރުވެ، މޮޑެލް ކުރުމުގެ އެތައް ފުރުސަތެއް ލިބިގެން ހިނގައްޖެއެވެ.
މިދިޔަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ޕާކިސްތާނުގެ ލަވަކިޔުންތެރިންގެ ބަޔަކު ވަނީ އަރްޝަދް ޚާން ހިމަނައިގެން ވީޑިއޯ ލަވައެއް ނެރެފައެވެ. އެ ލަވައިގައި އެއް އިބާރާތެއްގައި ވަނީ "ސާރީ ބައްޗިޔާނ މިލްކޭ ގާއޯ ޗައިވާލާ ޗައިވާލާ" (ހުރިހައި ކުދިން އެކީގައި ސައި ވިއްކާ މީހާއޭ ސައި ވިއްކާ މީހާއޭ ކިޔާށެވެ.) މިހެންނެވެ.
މި ވީޑިއޯ ހެދި ބައެއް ކަމަށް އަރަނީ "ސީއެންއެން" (ޗުސް ނިވްސް ނެޓްވަރކް) އެވެ. މިހައި ތަނަށް ޔޫޓިއުބުން މި ލަވަ 1.3 މިލިއަން މީހުނަށް ވުރެ ގިނަ މީހުން ބަލައިފިއެވެ.
https://www.youtube.com/watch?v=XPNAtdQOa6U&feature=youtu.be