
މާލޭގައި ހިންގާ މަނީ އެކްސްޗޭންޖުގެ ބިއްލޫރިގަނޑު ރޭ ތަޅާލައިފިއެވެ. ފުލުހުން ވިދާޅުވީ އެމައްސަލައިގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 2:28 އެހައިކަންހާއިރު ކަމަށެވެ.
ބިއްލޫރިގަނޑު ތަޅާލައިފައިވަނީ ސައިކަލެއްގައިދިޔަ ދެ މީހަކު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. "ސައިކަލަކުން ދިޔަ ދެމީހަކު މާލޭ ބޮޑުތަކުރުފާނުމަގު، މަނީއެކްސްޗޭންޖުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފައިވާ މައްސަލައެއް ރޭ 2:28 އެހައިކަންހާރު ހުށަހެޅިފައިވޭ،" ފުލުހުން ވިދާޅުވިއެވެ.
މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.