ކުރީސަރުކާރުން ނޯޓިސް ދީފައިވާ އެމްއާރުޑީސީ މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވާކަން ވާނީ އަންގާފައި: ޕްލޭނިން

ރައީސް ޔާމީންގެ ސަރުކާރުން ނޯޓިސް ދީފައިވާ ގދ. ތިނަދޫ އެމްއާރުޑީސީގެ މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވާ ވާހަކަ މުވައްޒަފުންނަށް ވާނީ އަންގައިފައި ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިހެން ވިދާޅުވީ ތިނަދޫގައި މަސައްކަތްކުރާ އެމްއާރުޑީސީގެ ހުރިހާ މުވައްޒަފުންނަށް ނޯޓިސް ނުދީ ވަޒީފާއިން ވަކިކޮށްފި ކަމަށްބުނެ އެމީހުން އިހުތިޖާޖު ކުރަމުންދަނިކޮށްނެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ އެމީހުންނަށް ދީފައިވާ ނޯޓިސްގެ މުއްދަތު ހަމަވާކަން އެންގިޔަސް ސިވިލްސާވިސްގެ އޮނިގަނޑުގައި މިހާރުހުރި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެހުރިހާ މުވައްޒަފުންނަށް ވެސް އޮންނާނެ ކަމަށެވެ.

"ކުރީ ސަރުކާރުން ނޯޓިސް ދީފައިވާ އެމްއާރުޑީސީ މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވާ ކަމަށް މުވައްޒަފުންނަށް ވަނީ އަންގާފައި. ސިވިލްސާވިސްގެ އޮނިގަނޑުގައި މިހާރުހުރި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްއާރުޑީސީ ގެ ހުރިހާ މުވައްޒަފުންނަށް ވެސް އޮންނާނެ،" ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ ކުރީ ސަރުކާރުން މުވައްޒަފުންނަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ދީފައިވަނީ 2018 ވަނަ އަހަރު ފެބުރުއަރީ މަހު ކަމަށެވެ. އޭގެ މުއްދަތު 2019 ވަނަ އަހަރު ފެބުރުއަރީއަށް ހަމަވުމުން އެކިފަހަރުމަތީން އެމްއާރުޑީސީގެ މުވައްޒަފުންގެ ކޮންޓްރެކްޓް އައުކޮށްދެއްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.