ބޮޑު ޚިޔާނާތާ މަލީހާ ގުޅުވައިގެން ދައްކަވާ ވާހަކައިގެ ޙަޤީޤަތް ހާމަކޮށްދެއްވުމަށް އެދި ޕީޖީއަށް ސިޓީއެއް

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައެންސް އެންޑް ޓެކްނޮލޮޖި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ބޮޑު ޚިޔާނާތާ، މިނިސްޓަރ މަލީހާ ގުޅުވައިގެން ދައްކަވާ ވާހަކައިގެ ޙަޤީޤަތް ހާމަކޮށްދެއްވުމަށް އެދި، އޭނާ ޕޮރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ޢާއިޝަތު ބިޝާމަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މައްސަލައިގެ ޙަޤީޤަތް ހާމަކޮށްދެއްވުމަށް އެދި ޖީޕީއަށް ފޮނުއްވި ސިޓީއެއްގެ ކޮޕީ ކޮމިޔުނިކޭޝަން މިނިސްޓަރ ވަނީ އާއްމު ކުރައްވައިފައެވެ. އެ ސިޓީގައި އޭނާ ބަޔާންކުރައްވައިފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ތުހުމަތެއްގައި އޭނާ އެއްވެސް އިދާރާއަކަށް ހާޒިރު ކޮށްފައި ނެތް ކަމަށެވެ. އޭނާއާ ބެހޭގޮތުން އެފަދަ ވާހަކައެއް ޕީޖީ ދެއްކެވި ނަމަ، ސިއްރު ނުކުރައްވައި އޭގެ ތަފްސީލުތައް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ. މަލީހާ ޚިޔާނާތާ ގުޅުން ވާނަމަ ލަސްވެގެން ތިން ދުވަސް ތެރޭގައި ޙަޤީގަތް ހާމަކޮށް ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

އެމީހެއްގެ ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ޙައްޤު ކޮންމެ މީޙަކަށްވެސް ލިބިގެންވާކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަންވެސް މަލީހުގެ ސިޓީގައި ޕީޖީއަށް ވަނީ ހަނދުމަފުޅު ކޮށްދެއްވައިފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މިހާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ބައެއް ފަނޑިޔާރުން ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޚިޔާނާނުގައި ހިމެނޭކަމަށް ޕީޖީ ނަން ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި މަލީހް ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވަނީ އަޑުފެތުރިފައެވެ.

ބޮޑު ޚިޔާނާތުގެ ފައިސާގެ މަންފާ ލިބުނު މީހުންގެ ތެރޭގައި މިހާރުގެ ސަރުކާރުގެ ހަތް ފަރާތެއް ވެސް ހިމެނޭކަމަށް މިއަދު ފުލުހުން ވަނީ ހާމަކުރައްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.