ދިރާގުން 'ޑޮނޭޓް އަ މީލް' އަދި 'ޑޮނޭޓް ޓު އަ ފެމިލީ' މެދުވެރިކޮށް 213،998 ރުފިޔާގެ އެހީހަދިޔާކޮށްފި

ދިރާގުން ނިމިދިޔަ ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް 'ޑޮނޭޓް އަ މީލް' އަދި 'ޑޮނޭޓް ޓު އަ ފެމިލީ' ޕްރޮގްރާމްގެ ދަށުން 213،998 ރުފިޔާގެ އެހީ ހަދިޔާކޮށްފިއެވެ.

މީގެ ތެރޭގައި ދިރާގުން ހަދިޔާކުރި 180،000 ރުފިޔާގެ އިތުރުން ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް އާންމުންގެ ފަރާތްތަކުން ލިބިފައިވާ އެހީ ހިމެނެއެވެ.

މި ގޮތުން، ދިރާގުން ވަނީ މިޝަން ފޯ މައިގްރަންޓް ވޯކަރސް މޯލްޑިވްސް އާއި ގުޅިގެން 'ޑޮނޭޓް އަ މީލް' ޕްރޮގްރާމް މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް މީލް ޕެކް ބަހައިފައެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1,000 މީލް ޕެކް ހަދިޔާކޮށްފައެވެ. އަދި، ކަސްޓަމަރުން ވަނީ ދިރާގުޕޭ މެދުވެރިކޮށް މި ހަރަކާތައް އިތުރު އެހީތެރިކަން ފޯރުކޮށްދީފައެވެ. މާލެ ސަރަހައްދުގައި ހިމެނޭ މިސްކިތްތައް ކައިރީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދިރާގުގެ މުވައްޒަފުން ވެސް ވަނީ އަމަލީގޮތުން ބައިވެރިވެ މީލް ޕެކްތައް ބަހައިފައެވެ.

'މަމްސް އެއިޑް' އާ ގުޅިގެން ދިރާގުން ވަނީ ދިރާގުޕޭ މެދުވެރިކޮށް 'ރަމަޟާން އެއިޑް' ޕްރޮގްރާމްގެ 'ޑޮނޭޓް ޓު އަ ފެމިލީ' ހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީވުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފައެވެ. މި ގޮތުން، ދިރާގުގެ ފަރާތުން މި ހަރަކާތައް އެހީތެރިވުމުގެ ގޮތުން 100 އާއިލާއަކަށް ކާބޯތަކެތީގެ ޒަރޫރީ ސާމާނު ހިމެނޭ 'ކެއަރ ބާސްކެޓް' ފޯރުކޮށްދީފައިވާއިރު، އާންމުންގެ ފަރާތުން ވެސް ދިރާގުޕޭ މެދުވެރިކޮށް އިތުރު އެހީތެރިކަން ވަނީ ލިބިފައެވެ. މި ހަރަކާތް މެދުވެރިކޮށް އެހީތެރިކަން ފޮރުކޮށްދިނުމުގައި އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.

ދިރާގުން ދަނީ އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް އެއްބާރުލުންދީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.